ސެވިއްޔާ ބަލިކޮށް، މެންޗެސްޓާ ސިޓީން ޔޫއެފާ ސުޕަ ކަޕް ކާމިޔާބު ކޮށްފިއެވެ.
ގްރީސްގައި ރޭ ކުޅުނު ސުޕަ ކަޕް ފައިނަލުގައި ސިޓީން ސެވިއްޔާ ބަލިކުރީ ޕެނަލްޓީގައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، މެޗު 1-1 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި ސިޓީން ވަނީ 5-4 އިން މެޗު ކާމިޔާބު ކޮށްފައެވެ.
މިދިޔަ ސީޒަނުގައި ސިޓީން ތާރީހީ ތިން ތަށި ހޯދައިގެން ރޭގެ މެޗަށް ނުކުމެފައިވާ އިރު، ރޭގެ ތަށްޓަކީ ޕެޕް ގާޑިއޯލާ އެ ކްލަބާއެކު ހޯދި 15 ވަނަ ތަށްޓެވެ. މިހާރު ސިޓީއަކީ ގާޑިއޯލާގެ އެންމެ ކާމިޔާބު ކްލަބެވެ. މީގެ ކުރިން ގާޑިއޯލާ އެންމެ ގިނަ ތަށި ހޯދާފައި ވަނީ ބާސެލޯނާ އާއެކުގައެވެ. އެ ކްލަބާ އެކު އޭނާ ވަނީ 14 ތަށި ހޯދައިފައެވެ.
ރޭގެ މެޗުގެ ލީޑު ނެގީ ޔޫރޮޕާ ލީގުގެ ޗެމްޕިއަން ސެވިއްޔާއިންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ މޮރޮކޯގެ ފޯވަޑް، ޔޫސުފް އެން-ނެސޭރީއެވެ.
މެޗުގެ ފުރަތަމަ ގޯލަށްފަހު ދެ ޓީމުންވެސް ރަނގަޅު ހަމަލާތަކެއް އުފައްދާފައިވާ އިރު، ދެ ކީޕަރުންގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް މެޗުގައި ފެނިގެން ގޮސްފައިވެއެވެ. ސިޓީން ދެވަނަ ހާފުގައި ނަތީޖާ ހަމަހަމަ ކުރީ 63 ވަނަ މިނެޓުގައި ކޯލް ޕާމާ ޖެހި ގޯލުންނެވެ. ޕާމާގެ ގޯލަކީ ރޮޑްރީގެ ހުރަހަކަށް ކުރިއަށް ޖެހި އޭނާ ޖެހި ގޯލެކެވެ. އެ ގޯލާއެކު ސިޓީން މެޗު ޕެނަލްޓީއެއް ގެނގޮސްފަިއވާ އިރު، ޕެނަލްޓީގައި ދެޓީމުވެސް ފުރަތަމަ ފެނުނީ ކާމިޔާބު ކޮށެވެ.
ސެވިއްޔާއަށް ތަށި ގެއްލުނީ ނެމަންޖާ ގުޑޭޖް ޖެހި ޕެނަލްޓީ ދަނޑީގައި ޖެހި ނާކާމިޔާބުވުމުންނެވެ.
ޔޫއެފާ ސުޕާ ކަޕް
ޔޫއެފާ ސުޕާ ކަޕް
ޔޫއެފާ ސުޕާ ކަޕް
ޔޫއެފާ ސުޕާ ކަޕް