ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި "ދަ ޑިމޮކްރެޓްސް"ގެ މެނިފެސްޓޯގައި ރައްޔިތުންގެ މަޖިލީސް އެކުލެވިފައިވާގޮތަށް ބޮޑު ބަދަލަކާއެކު ރައްޔިތުން ބޭނުން ނަމަ ދައުރުގެ ތެރޭގައި އެ މެންބަރަކު ވަކިކުރެވޭނެ ގޮތް ހެދުމަށް ހިމަނައިފިއެވެ.
ސަލްޓަން ޕާކުގައި ޑިމޮކްރެޓްސްއިން ރޭ ބޭއްވި ޖަލްސާގައި އިފްތިތާހުކުރި އެ ޕާޓީގެ މެނިފެސްޓޯގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޒިންމާދާރު ކުރުމުގެ ބައިގެ ޕްރެޒެންޓޭޝަން ދެއްވަމުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، އިންތި ވިދާޅުވީ، ޑިމޮކްރެޓްސްގެ ވެރިކަމެއްގައި މުޅި ރާއްޖެ ތަމްސީލުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކޮމްޕޯޒިޝަނަށް ބޮޑު ބަދަލެއް ގެންނާނެ ކަމަށެވެ.
އެގޮތުން، އަތޮޅުތެރޭގެ ވަކިވަކި ދާއިރާތަކުން މެންބަރުން އިންތިހާބުކުރުމުގެ ބަދަލުގައި މުޅި އަތޮޅާއި ސިޓީތަކުން މެންބަރުން އިންތިހާބުކުރުމަށް ޑިމޮކްރެޓްސްއިން ހުށަހަޅާނެ ކަމަށް ވިދާޅުވިއެވެ.
އަންހެން ބޭފުޅުންނަށް ހާއްސަކުރެވިގެން 8 ގޮނޑި އެބަ ކަނޑައެޅޭ، އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލްކުރުމަށްޓަކައި މުޅި ރާއްޖެއިން ޖުމުލަ ދެ ގޮނޑި ކަނޑައެޅިގެންދާނެ. އަދި ނޭޝަނަލް ލިސްޓެއްގެ ގޮތުގައި 11 ގޮނޑި ޕާޓީތަކަށް ކަނޑައެޅިގެންދާނެ" އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ، ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޒިންމާދާރުކުރުވުމަށް އެ މެންބަރުންނަކީ ގަޑި ޖެހޭ ބަޔަކަށް ހަދައި، ރައްޔިތުން އެ މެންބަރަކާމެދު ހިތްހަމަނުޖެހޭ ނަމަ ދައުރުގެ ތެރޭގައި އެ މެންބަރަކު ވަކިކޮށް ރީކޯލް ވޯޓަކަށް ދިއުމުގެ ފުރިސަތު ދޭނެ ކަމަށެވެ.
އިންތި އިތުރަށް ވިދާޅުވީ، އެ ކަންކަން ހާސިލުކުރާނީ އާ ގާނޫނުތަކާއި ގަވައިދުތައް ހަދައިގެން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު