ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްގަނީ، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށް ސޮއިކުރަން ނިންމައިފިއެވެ.
ހަމަދު ޓްރާންސްޕޯޓްގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް ވަޑައިގަތީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައެވެ.
އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމާފައިވާކަން އިއުލާނުކުރައްވައި ހަމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރުން ކަމަށެވެ. އަދި ރައީސް ސޯލިހުގެ ވެރިކަމެއްގައި "އުފާވެރި އަމާން ރާއްޖެ" އަކަށް ވާސިލްވެވޭނެ ކަމަށް ހަމަދު ވިދާޅުވިއެވެ.
ހަމަދަކީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާގެ އަރިސް ބޭފުޅެކެވެ.
ހަމަދު އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމާފައިވާ އިރު، ޖޭޕީގެ ސްލޮޓެއްގައި ހުންނެވި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްވެސް ވަނީ ދާދި ފަހުން އެ ޕާޓީން ވަކިވެވަޑައިގެންފައެވެ. އޭގެ ކުރިން ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނެވި އަހުމަދު ސަމީރުވެސް ވަނީ އެ ޕާޓީ ދޫކޮށް އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު