މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހުންގެ ރަޖިސްޓްރީ އިލެކްޝަންސް ކޮމިޝަން (އީސީ)ން އާންމުކޮށްފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވޯޓުލާ މީހުންގެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށެވެ.
ޝަކުވާއެއް އޮތްނަމަ، އޮގަސްޓް 15 ދުވަހުގެ 8:30 ން އޮގަސްޓު 16 ވާ ބުދަދުވަހުގެ 15:00 އަށް އީސީއަށް ޝަކުވާ ހުށަހެޅުއްވުން އެދެން" ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ ވޯޓުލާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމު އީސީގެ ވެބްސައިޓުން އަދި ރަށްރަށުގެ ކައުންސިލްތަކުން ލިބެން ހުންނާނެ ކަމަށެވެ. ރާއްޖެއިން ބޭރުގައި ނަމަ، އެ ގައުމެއްގެ ހުންނަ އެމްބަސީ ނުވަތަ ކޮންސިއުލޭޓް އޮފީސް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށް ހަބީބު ވިދާޅުވިއެވެ.
ވޯޓުލާ މީހުންގެ ލިސްޓު http://elections.gov.mv ބެލެން ހުންނާނެ ކަމަށާއި އަދި VR space ID number ޖައްސަވާފައި 1414 އަށް އެސްއެމްއެސް ކޮށްގެން ނުވަތަ 1414 އަށް ގުޅައިގެން ވެސް މައުލޫމާތު ސާފުކުރެވެން ހުންނާނެކަމަށް ހަބީބު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ނުވަވަނަ ދުވަހުއެވެ. ރިޔާސީ އިންތިހާބުގައި މިފަހަރު ވާދަކުރައްވާ ފަރާތްތަކަކީ އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން ޑރ. މުހައްމަދު މުއިއްޒު، ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން އެ ޕާޓީގެ ރައީސް، މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއެވެ.
އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނަކީ ފާރިސް މައުމޫން، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްއެވެ.
ޚަބަރު
ޚަބަރު
ޚަބަރު