ޒުވާނުންނާއި ކުޅިވަރު ވުޒާރާއަކީ ދެ ވުޒާރާއަކަށް ހެދުމަށް ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.
އެމްޑީޕީގެ "އުފާވެރި އަމާން ރާއްޖެ" މެނިފެސްޓޯ އިފްތިތާހުކޮށްފައިވަނީ މި މަހުގެ 8 ވަނަ ދުވަހު ދ. ކުޑަހުވަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައެވެ. އެ ދުވަހު އިފްތިތާހުކޮށްފައިވަނީ މެނިފެސްޓޯގައިވާ އުފާވެރި ދިރިއުމުގެ ބައެވެ.
އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުން މިހާރު ނ. ވެލިދޫގައި ކުރިއަށްގެންދާ ޖަލްސާގައި ވަނީ މެނިފެސްޓޯގެ ދެ ވަނަ ބައި ކަމުގައިވާ "އާ ޒުވާން ޖީލު"ގެ ބައި އިފްތިތާހުކޮށްފައެވެ.
މިރޭ އިފްތިތާހުކުރި "އާ ޒުވާން ޖީލު"ގެ ބައިގައި ޒުވާނުން ބާރުވެރިކުރުމަށް ވަނީ ބައެއް ކަންކަން ހިމަނާފައެވެ. އެގޮތުން އެންމެ ބޮޑު ކަމަކަށް ހިމަނާފައި އޮތީ ޒުވާނުންނާއި ކުޅިވަރު ވުޒާރާތަކަކީ ދެ ވުޒާރާއަކަށް ހެދުމެވެ.
ޒުވާނުންނާއި ކުޅިވަރު މިހާރު އޮންނަނީ އެއް ވުޒާރާއެއްގެ ދަށުންނެވެ. އެއީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމަންޓެވެ.
- ޔޫތު-ކޯ އެއް ގާއިމުކޮށް ޔޫތު ލީޑަރުން އުފެއްދުން
- މަދަނީ ޖަމިއްޔާތަކުގެ އިދާރީ ހިންގުމަށް ހާއްސަ ކޯ-ވޯކިންގް ސްޕޭސް ގާއިމުކުރާއިރު، ޒުވާނުންގެ ހައްގުގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކަށް ފުރުސަތުދިނުން
ޚަބަރު
ޚަބަރު
ޚަބަރު