ފުކުޝީމާއިން ނިއުކްލިއާ ފެން ކަނޑަށް އެޅުމާ ދެކޮޅަށް ދެކުނު ކޮރެއާގައި މުޒާހަރާކުރަން ފަށައިފިއެވެ.
ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ މަގުތަކުގައި އެކްޓިވިސްޓުން ވަނީ ހޮނިހިރު ދުވަހު އެތައް ސަތޭކަ މީހުންނާއެކު އަޑު އުފުލައި މުޒާހަރާކޮށްފައެވެ.
ޖަޕާނުގެ ފުކުޝިމާ ނިއުކްލިއާ ޕްލާންޓުގައި ހުރި ފެން ކަނޑަށް އެޅުމަށް އެ ގައުމުން ނިންމާފައިވަނީ މަހުގެ ފަހުކޮޅުގައި ކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ.
ދެކުނު ކޮރެއާގައި މުޒާހަރާކުރާ ފަރާތްތަކުން ވަނީ ނިއުކްލިއާ ފެން ކަނޑަށް ނޭޅުމަށާއި ޕެސިފިކް ކަނޑު ރައްކާތެރިކުރުމަށް ގޮވާލާފައެވެ.
ކޮރެއާގައި މުޒާހަރާތައް ފަށާފައިވާއިރު އަވަށްޓެރި ޗައިނާ ވަނީ އެކަމާމެދު ނުރުހުން ފާޅުކޮށްފައެވެ. ޗައިނާ ސަރުކާރުން ވަނީ ފުކުޝިމާ މައްސަލައިގެ ސަބަބުން ކަންބޮޑުވުން ފާޅުކޮށް ޖަޕާނުގައި އުފައްދާ ކާބޯތަކެތީގެ ބައެެއް ބާވާތްތައް އެ ގައުމަށް އެތެރެކުރުން ހުއްޓުވައިފައެވެ.
ފުކުޝީމާއިން ނިއުކްލިއާ ފެން، ކަނޑަށް އެޅުމުގެ ހުއްދަ އދ.ގެ ނިއުކުލިއާ ހަކަތައާ ބެހޭ ބައިނަލްއަގުވާމީ އިދާރާ އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީން (އައިއޭއީއޭ) އިން ވެސް ވަނީ ދީފައެވެ.
އައިއޭއީއޭ އިން ވަނީ ފުކުޝީމާއިން އުކާލަން ނިންމާފައިވާ ފެނަކީ ބައިނަލްއަގުވާމީ ސްޑޭންޑަޑަށް ފެތޭ ފެނެއް ކަމަށާއި އެކަމުގައި ނުރައްކަލެއް ނެތް ކަމަށް ބުނެފައެވެ. އެ ފެނުން އެއްވެސް ނުރައްކަލެއް ނެތް ކަމަށް ބުނެފައިވީ ނަމަވެސް، ކައިރި ހިސާބުގެ މަސްވެރިންނާއި އާންމުން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ