ބޯހިޔާވަހިކަމަށް ލޯނު ދޫކުރުމަށް ހާއްސަ ބޭންކެއް ގާއިމްކުރުމަށް އެމްޑީޕީއާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.
މެނިފެސްޓޯގައިވާ ގޮތުން، ގެދޮރުވެރިކުރުވުމާއި ބިންވެރިކުރުމުގެ ސިޔާސަތު މުޅި ރާއްޖެއަށް ފުޅާކުރުމަށް ބިން ދަތި ރަށްރަށުގައި ބިން އިތުރުކުރުމާއި ބިން ދަތި ރަށްރަށުގައި ހައުސިން ޔުނިޓްތައް ގާއިމުކުރުމަށް ވަނީ ހިމަނައިފައެވެ.
މީގެ އިތުރުން، ހައުސިން ފައިނޭންސް ފޯރުކޮށްދިނުމަށް ހާއްސަ ބޭންކެއް ގާއިމުކޮށް، ދިރިއުޅުމުގެ ބޭނުމަށް ފުރަތަމަ ފަހަރަށް ބޯހިޔާވަހިކަމެއް ހޯދުމަށް ނެގޭ ލޯނުގެ އިންޓަރެސްޓް ހަ ޕަސެންޓަށްވުރެ ގިނަ ނުވާނެހެން، 10 ޕަސަންޓް އިކުއިޓީގައި ފޯރުކޮށްދޭނުމަށްވެސް ހިމަނާފައިވެއެވެ.
- ފުދުންތެރިކަން ކުޑަ ފަރާތްތަކަށް އިސްކަންދީގެން ކައުންސިލް ހައުސިން ތައާރަފުކުރުން
- ގެދޮރުވެރިޔާ ލޯނުގެ އުސޫލު މުރާޖައާކޮށް ލޯނު ދޫކުރެވޭ އަދަދު އެއް މިލިއަން ރުފިޔާއަށް އިތުރުކޮށް، ލުއިފަސޭހަ ނިޒާމަކުން ލޯނު ލިބޭނެމަގު ތަނަވަސްކުރުން
- އަތޮޅުތެރޭގައި ހުހަށް ހުންނަ ގޯތިގެދޮރު، އެ ތަންތަނުގެ ވެރިފަރާތުން ބޭނުންވާނަމަ، އެ ތަންތަނުން ނަފާ ލިބޭނެ ގޮތް ފަހިކުރުން
- ރިއަލް އެސްޓޭޓް މާކެޓް ރެގިއުލޭޓްކޮށް، ކަނޑައެޅޭ މިންގަނޑަށް ރިއަލް އެސްޓޭޓް ޑިވެލޮޕް ކުރާ ފަރާތްތައް ސަރުކާރުން ސެޓިފައިކޮށް، ބޯހިޔާވަހިކަން ގަންނަ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުން
ޚަބަރު
ޚަބަރު
ޚަބަރު