ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމުގެ ރަނިން މޭޓަކަށް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމުގެ ކެމްޕޭން މެނޭޖަރަކަށްވެސް ހަމަޖައްސަވާފައިވާ ޑރ. އަމީން އިބްރާހީމް ހަމަޖައްސައިފިއެވެ.
އަމީން ރަނިން މޭޓަކަށް ހަމަޖެއްސިކަން އިއުލާން ކުރުމަށް ޖޭޕީގެ މައި ޖަގަހަ، މ. ކުނޫޒުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ގާސިމު ވިދާޅުވި ޑރ. އަމީން ރަނިން މޭޓަކަށް ހަމަޖައްސަން ނިންމި މައިގަނޑު ސަބަބަކީ ތައުލީމީ ރޮގުން މަތީ ފަންތީގެ ބޭފުޅަކަށްވުމާއި ރަނގަޅު، ތެދުވެރި، އަމާނާތްތެރި އަދި ވަފާތެރިއަކަށްވާތީ ކަމަށެވެ. އަދި އަމީނަކީ އަދަބީ ރޮނގުންނާއި އިލްމީ ރޮނގުންވެސް ގައުމަށް އެތައް ހިދުމަތްތަކެއް ކުރައްވި ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.
ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވައިގެން ހުންނެވި އަމީންއަކީ ފެށުނީއްސުރެ، ޖޭޕީގެ އިސް ސަފުގައި ހަރަކާތްތެރިވަމުން ގެންދަވާ ބޭފުޅެކެވެ.
ރަސްމިއްޔާތުގައި އަމީން ވިދާޅުވީ، ގާސިމުގެ ދައުވަތު އޭނާ ގަބޫލުކުރީ ގާސިމާއެކު ސިޔާސީ ހަރަކާތްތަކުގައި އެކުގައި މަސައްކަތުގެ ތަޖުރިބާ ލިިބިފައިވާތީ އާއި ގާސިމުގެ ހިތުގައި އެހެން މީހުންނަށް އޮތް ލޯބި ފެނިގެން ކަމަށެވެ. އަދި ގާސިމަކީ ހަސަދައާއި ނުރުހުމާއި އެހެން ީހުންނަށް އޮންނަ ހިތްތިރިކަމުގެ ލޯބި އިންތިހާއަށް ލިބިވަޑައިގެން ހުރި ބޭފުޅެއް ކަމަށާއި ގާސިމުގެ ކިބައިން ފެނިވަޑައިގެން އެންމެ ކަމުދާ އެއް ސިފަޔަކީ ގައުމަށް އޮތް ލޯބި ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު