ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ރިޔާސީ ކެމްޕޭނަށް ފުވައްމުލަކަށް މިއަދު ވަޑައިގަންނަވާން އޮތް ދަތުރުފުޅު ފަސްކުރައްވައިފި އެވެ. ރައީސް ފުވައްމުލަކަށް ވަޑައިގަތުމަށް މިހާރު ހަމަޖައްސާފައިވަނީ މާދަމާގެ ވަގުތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ވަނީ ދާދި ދެންމެ "ވަން" އަށް މިކަން ކަށަވަރުކޮށްދެއްވައިފައެވެ.

ރައީސްގެ ދަތުރުފުޅު ލަސްވި ސީދާ ސަބަބެއް ނޭނގެ އެވެ. އެހެން ނަމަވެސް، މިދިޔަ ދެތިން ދުވަހު މާލޭގައި އާދަޔާ ހިލާފަށް ބާރަށް ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރެމުންދާނީ، މީހުން އެއްވާ ޒާތުގެ ގިނަ ހަރަކާތްތައް ވަނީ ލަސްކޮށްފައެވެ.

މިއަދު ރާއްޖޭގެ އެންމެ ދެކުނަށް މޫސުންވެސް އެހާ ރަނގަޅެއް ނޫނެވެ. ފުވައްމުލަކަށް ވެސް ވާރޭ ވެހެއެވެ.