އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
ހަނަފީ އެމްޑީޕީއަށް ސޮއިކުރެއްވީ އާއިލާގެ 60 މެންބަރުންނާއެކުގައެވެ.
އެމްޑީޕީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ހަނަފީގެ ފޯމާ ހަވާލުވެވަޑައިގެންނެވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ހަނަފީއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކުރީގެ ކުރީގެ އެޑްވައިޒަރެވެ. އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމަށްވެސް އޭނާ ވަޑައިގަތީ ޖޭޕީގެ ސްލޮޓެއްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު