އާބަންކޯއިން ހިޔާ ފްލެޓު ކައިރީގައި ހެދި ޕާކު ހުޅުވައިފިއެވެ.
އެ ޕާކު ހުޅުވާފައިވަނީ މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި އާބަންކޯގެ އިސްވެރިންނާއި ހިޔާ ފުލެޓުގައި ދިރިއުޅޭ މީހުން ބައިވެރިވެއެވެ. އަދި މިއުޒިކް ޝޯއެއް ވެސް ވަނީ ބާއްވައިފައެވެ.
ޕާކު ހަދައިފައިވަނީ ހިޔާ ފްލެޓްގެ އެޗް5 އިން އެޗް15އާ ދެމެދުގައި އޮތް ހުސް ބިމުގައެވެ. މިއީ ފޭސް ދޭއްގައި ހުޅުވި ފުރަތަމަ ޕާކެވެ. އެ ޕާކުގައި ގާޑަން އޭރިއާ، އެލެވޭޓެޑް ޕާތުވޭ އަދި ޕްލާޒާއެއް ހުންނާނެއެވެ.
އާބަންކޯއިން ވަނީ އެ ޕާކު ހެދުމަށް ހިޔާ ފުލެޓުގައި ދިރިއުޅޭ މީހުންގެ ހިޔާލު ހޯދައިފައެވެ. ޕާކުގައި ކުލަލައިފައިވަނީ ވެސް ހިޔާ ފުލެޓުގައި ދިރިއުޅޭ މީހުން ބައިވެރިކޮށްގެންނެވެ.
ފޭސް ދޭއްގައި ޕާކެއް ހެދުމަށް އާބަންކޯއިން ހަވާލުކުރީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު