ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތަރު ބޭފުޅަކަށާއި ކުންފުންޏަކަށް އަދި ހިތްވަރުދިނުމުގެ ގައުމީ އިނާމު 17 ބޭފުޅަކަށާއި ޖަމުއިއްޔާއަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.
މި އިނާމުތައް ދެއްވީ، މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ ޝަރަފުގެ އައްޑަނައާއި ޝަރަފުގެ ބެޖެވެ. ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ ހަނދާނީ ފިލައެކެވެ.
ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.
- އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކޮށް، ދީނަށް ހިދުމަތްކުރުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާ: އަހުމަދު ފަހުމީދީދީ
- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާ: ރަޝީދާ އިބްރާހީމް
- ފަތުރުވެރިކަމުގެ ދާއިރާ: ވޮޔޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- ދަތުރުފަތުރުގެ ދާއިރާ: ކެޕްޓަން އަހުމަދު ޒުބައިރު
- ކުޅިވަރުގެ ދާއިރާ: މައިޒާން އަލީމަނިކު
- ކީރިތި ގުރުއާނުގެ އިލްމު އުނގެނުމާއި އުނގަންނައިދިނުމުގެ ރޮނގުން: އަލްގާރީ އިބްރާހީމް ރަމްޒީ
- އިސްލާމްދީން އުނގަންނައިދިނުމުގެ ރޮނގުން: އައްޝައިޚް ހަސަން ލަތީފް މޫސާ
- ވާހަކަދެއްކުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން: އަލީ އަމީރު
- ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން: ފާރޫގު އަހުމަދު
- ދިވެހިބަހާއި ބަހުގެ އިލްމު ކުރިއެރުވުމާއި ބަސް ދިރާސާކުރުމުގެ ރޮނގުން: ލިޔުންތެރިންގެ ގުޅުން
- އިހުގެ ފަންނުތައް ދިރުވައި، އާލާކުރުމުގެ ރޮނގުން: އަބްދުއްސަމަދު އަލީ
- ތައުލީމު އުނގަންނައިދިނުމުގެ ރޮނގުން: މުހައްމަދު ވަޖީހު
- ދޮށީގެ މަސްވެރިކަމާއި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ރޮނގުން: އިބްރާހީމް ރަޝީދު
- ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިވެހީން ބިނާކުރުމަށާއި ދިވެހީން ޝައުގުވެރިކުރުވުމަށް މަސައްކަތްކުރުމުގެ ރޮނގުން: ހަސަން ސައީދު
- ދެމެހެއްޓެނިވި ގޮތެއްގައި ވަޒީފާގެ ފުރުސަތުތައް ގާއިމުކޮށްދީ، ފަރުދުންގެ ކުރިއެރުމަށް މަގުފަހިކޮށްދިނުމުގެ ރޮނގުން: ޝިޔާމާ އަހުމަދު
- މުޖުތަމައުގެ ދުޅަހެޔޮކަމާއި ޒުވާނުންގެ ތަރައްގީއަށާއި ޒުވާނުން ބިނާކުރުމަށާއި ތަރުބިއްޔަތު ކުރުމުގެ ރޮނގުން: ކެޑޭޓް މޭޖާ ޔާސިރު މުހައްމަދު
- މައުލޫމާތު ފެތުރުމުގެ ރޮނގުން: ޝިފްޒާ މުސްތަފާ
- މައުލޫމާތު ފެތުރުމުގެ ރޮނގުން: އަހުމަދު މުހުސިން
- މީހުން ތަމްރީނު ކުރުމުގެ ރޮނގުން: އަހުމަދު ސަލީމް
- ކަލިނަރީ އާޓްސްގެ ދާއިރާއިން: އާމިނަތު ޝާނީ
- ފައިން އާޓްސް (ލިޔުމާއި ކުރެހުމާއި ފަރުމާކުރުން) ރޮނގުން: އަހުމަދު އަޒުމީ ހަލީމް
- ރޭޑިއޯ ޑްރާމާ ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން: މުހައްމަދު ނިހާން ނަސީރު
- ހިލޭސާބަހަށް މަސައްކަތްކުރުމާއި މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމުގެ ރޮނގުން: ސާޖަންޓް އަބްދުﷲ ޝަހުނީޒް
ޚަބަރު
ޚަބަރު
ޚަބަރު