ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް "މިނިވަން 58"ގެ ނަމުގައި ހާއްސަ އޮފާއެއް މިއަދު ތައާރަފުކޮށްފިއެވެ.

އުރީދޫން މިއަދު ބުނީ މިނިވަން ދުވަހާއި ކުރިއަށްއޮތް ޗުއްޓީ ތެރޭގައި އާއިލާ އަދި އެކުވެރިންނާ ގުޅުން ބަދަހިކުރުމަށް ޕްރިޕެއިޑް އަދި ޕޯސްޓަޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް އުރީދޫއިން ތައާރަފުކޮށްފައިވާ މިނިވަން58 ޕެކް މެދުވެރިކޮށް މުޅި ދުވަހަށް 58 ޖީބީ ޑޭޓާ ލިބިގެންދާނެ ކަމަށެވެ.

އެންމެ 50 ރުފިޔާއަށް ލިބޭ މި ޕެކޭޖް އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު އެކްޓިވޭޓް ކުރެވޭނެ ކަމަށާއި އަދި #1*929* އަށް ގުޅުއްވައިގެން ނުވަތަ D50 ޖަހައި، 5555 އަށް އެސްއެމްއެސް ކުރުމުން ވެސް ވަގުތުން އެކްޓިވޭޓް ކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ. އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރުމަށް http://ore.do/app މެދުވެރިކޮށް އުރީދޫ އެޕް ޑައުންލޯޑް ކުރުމަށް އުރީދޫން އެދެއެވެ.

"ދިވެހިރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އުރީދޫ ޓީމުގެ ފަރާތުން ވަރަށް އިހުލާސްތެރިކަމާއެކު އެންމެހައި ދިވެހިންނަށް ތަހުނިޔާ ދަންނަވަން. މި ހާއްސަ އޮފާއަކީ މި އުފާވެރި މުނާސަބަތުގައި އަޅުގަނޑުމެންގެ ލޮބުވެތި ކަސްޓަމަރުންނަށް މި ޗުއްޓީ ތެރޭގައި އާއިލާ އާއި ރައްޓެހިންނާ ގުޅުން ބަދަހިކޮށްލައި، ޗުއްޓީގެ އުފާވެރިކަން އިންޓަނެޓް މެދުވެރިކޮށް ފަސޭހަކަމާއެކު ހޯދައިދިނުމުގެ ގޮތުން ތައާރަފުކުރެވުނު ހާއްސަ އޮފާއެއް. މި އޮފާ އަކީ ހުރިހާ ބޭފުޅުންނަށްވެސް ކަމުދާނެ އޮފާއެއް ކަމަށް އުންމީދުކުރަން،" އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވިއެވެ.

އުރީދޫން ބުނީ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ހުރިހާ ކަސްޓަމަރުންނަށް ވެސް އެކްޓިވޭޓް ކުރެވޭ މި ހާއްސަ އޮފާ މާދަމާ އިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ނެގެނެ ކަމަށެވެ.

އުރީދޫގެ މެނޭޖްމަންޓް އަދި މުޅި ޓީމުން ވަނީ އުރީދޫގެ ކަސްޓަމަރުންނަށާއި ދިވެހި ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކޮށްފައެވެ.