ޖަޕާންގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމަސާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވުމަށް ނިންމަވައިފައެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ހަޔާޝީ ޔޮޝިމަސާ ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 29 ވަނަ ދުވަހު ކަމަށާއި ރާއްޖެއިން ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު ކަމަށެވެ.
އެ ދަތުރުގެ ތެރެއިން ހަޔާޝީ ޔޮޝިމަސާ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ބައްދަލުކުރައްވާނެއެވެ.
މީގެ އިތުރުން, ޖަޕާން ސަރުކާރުން ރާއްޖެއަށް ދޭ ހިއުމަން ޑިވެލޮޕްމެންޓު ސްކޮލާޝިޕްތަކުގެ އެއްބަސްވުމުގައި ވެސް އެ ދަތުރުގެ ތެރެއިން ސޮއިކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު