ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލޭ ހައިވޭގެ ޓްރެފިކް ލައިޓުތައް ނިވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ކުރި ޓުވީޓެއްގައި ބުނީ ޓްރެފިކް ލައިޓުތައް ނިވިފައިވާތީ އެ ސަރައްދުން ދަތުރުކުރާ މީހުން އެކަމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
"ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލެ ހައިވޭގެ ލައިޓުތައް ނިވިފައިވާތީ އެ ސަރަހައްދުން އެއްގަމު އުޅަނދު ދުއްވުމުގައި ރައްކާތެރިވުމަށް އިލްތިމާސްކުރަން،" ފުލުހުން ބުންޏެވެ.
މާލެ އަދި ސިނަމާލެ ބުރިޖުގައި ހަރުކޮށްފައި ހުރި ޓްރެފިކް ލައިޓުތައް ފުލުހުން ވަނީ މިމަހުގެ 20 ވަނަ ދުވަހު "އެރޭ ޓްރެފިކް ލައިޓް"އަށް ބަދަލުކޮށްފައެވެ. ފަހުން ހަރުކުރި އެ ލައިޓުތަށް ދިމާވި މައްސަލައިގެ ތަފުސީލެއް ފުލުހުން ނުދެއެވެ. އަދި އެ ލައިޓުތައް ދެން ބޭނުންކުރަން ފެށޭނެ ވަގުތެއް ވެސް ފުލުހުން ނުބުނެއެވެ.
މީގެ ކުރިން ހުރި ލައިޓުތަކުގައި އަބަދުވެސް މަސައްކަތް ކުރާނީ ކޮންމެވެސް އެއްކޮޅަކަށެވެ. ދެ ކޮޅުގައި ތިބޭ މީހުން ކުރިއަށް ދާން ފުރުސަތު ހޯދައިދެނީ ފުލުހަކު ބަހައްޓައިގެން ފްރީ ލޭން އަތުގެ އިޝާރާތުންނެވެ. އެ ލައިޓުތަކުގެ އޮޕަރޭޝަން ހިނގާގޮތް ނޭނގޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު