ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ލިސްޓު މި މަސް ނިމުމުގެ ކުރިން އިއުލާން ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފްލްޓް ކޮމެޓީގެ ޗެއާމަން، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ފުރަތަމަ މަސައްކަތް ކުރީ މިދިޔަ އީދު ބަންދުގެ ކުރިން ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓު އިއުލާން ކުރާށެވެ. ނަމަވެސް އީދު ބަންދުގެ ކުރިން ނެރުނީ ގޯތި ލިސްޓު އެކަންޏެވެ.
ފްލެޓް ލިސްޓު އާންމުކުރުން ލަސްވާތީ ނޫސްވެރިންނާއި ސިޔާސީ ފަރާތްތަކުން ސުވާލު ކުރަމުންދާތީ އަކްރަމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފްލެޓް ލިސްޓު މި މަސް ނިމުމުގެ ކުރިން ނެރެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް 20،697 މީހުން ކުރިމަތިލިއެވެ. އެއީ ތިން ކޮޓަރީގެ އެޕާޓްމަންޓަށް 14،489 މީހުން އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަށް 6،208 މީހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު