އަންނަމަހު 28 ވަނަ ދުވަހު މަޑަގަސްކަރައިގައި ފެށުމަށް ތައްޔާރުވެފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ގައުމީ ޓޭބަލް ޓެނިސް ޓީމު އިއުލާނު ކޮށްފިއެވެ.
މިފަހަރު އައިއޯއައިޖީއަށް އެކުލަވައިލި އަންހެން ޓީމުގައި މިދިޔަ އަހަރު މެޑަލް ހޯދި ތިން ކުޅުންތެރިޔަކު ވަނީ ހިމަނައިފައެވެ. އެގޮތުން ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް އަދި ޖުމާނާ ނިމާލް ޓީމުން ފާހަގަވެއެވެ. ޓީމުގައި ދެން ހިމެނޭ ކުޅުންތެރިންނަކީ މިޝްކާ މުހައްމަދު އިބްރާހިމް، ލައިސާ ފަތުހުﷲ އިސްމާއިލް އަދި އާމިނަތު ޝީއުރާ ޝަރީފެވެ.
މުބާރާތަށް ނެގި ފިރިހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ މުހައްމަދު ޝައްފާން އިސްމާއިލާއި މޫސާ މުންސިފް އަހުމަދާއި މުހައްމަދު ޒީސްތު ނަސީމާއި އަޚްޔާރު އަހުމަދާއި އަހުމަދު ތާބިން ޝުޖާއު އަދި ޒީކް ހަސަން ލަތީފެވެ.
ޖުމުލަ 12 ކުޅުންތެރިންގެ ސްކޮޑެއް ޓީޓީ އެސޯސިއޭޝަނުން އިއުލާނު ކޮށްފައިވާ އިރު، ޓީޓީއަކީ 2019 ވަނަ އަހަރުގެ އައިއޯއައިޖީގައިވެސް އެންމެ ކާމިޔާބު ކުޅިވަރެވެ. އެ އަހަރު މޮރިޝަސްގައި އަންހެން ޓީމުން ވަނީ ތިން ރަން މެޑެލް އަދި ދެ ރިހި މެޑަލް ހޯދައިފައެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް