މ. މުލިން އަލީ ޔާމީން (ވަން އޮންލައިން)
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު މި ރަށަށް ދެންމެ ވަޑައިގަތުމުން މި ރަށުން އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ރައީސް މި ރަށަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.
މި ރަށުގެ ބަނދަރުން "ވަން" އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ރައީސް ސޯލިހު ވަނީ 30 އަހަރު ދުވަހުންވެސް މި ރަށަށް ނުގެނެވުނު ތަރައްގީ ގެނެސްދެއްވައިފައެވެ.
ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި މި ރަށުގެ ފެނާއި ނަރުދަމާގެ ހިދުމަތް ފައްޓަވައިދެއްވާނެއެވެ. އެއަށްފަހު ކަންމަތީ ޖަލްސާގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސް ސޯލިހު މި ރަށުން ދެން ވަޑައިގަންނަވާނީ މުލަކަށެވެ. މުލަކުގައި މިރޭ ކެމްޕެއިން ބޮޑު ޖަލްސާއެއް ބާއްވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު