ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި 'ދަ ޑިމޮކްރެޓްސް' ރަޖިސްޓްރީ ވުމާއެކު މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ މަގާމު އިދިކޮޅު ޕީޕީއެމްއަށް ގެއްލިއްޖެއެވެ.
'ދަ ޑިމޮކްރެޓްސް' ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށް އިލެކްޝަންސް ކޮމިޝަން (ސީސީ)ގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިއަދު ވަނީ ހިމަނައިފައެވެ. އެއާއެކު ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުން އެތުރިފައިވާ ގޮތަށް ބަދަލު އަންނާނެއެވެ.
މައިނޯރިޓީ ޕާޓީގެ ގޮތުގައި މިހާރު އޮތް ޕީޕީއެމްގެ މެންބަރުންގެ އަދަދަކީ ފަހެކެވެ. މައިނޯރިޓީ ލީޑަރަކީ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުގެ ގޮތުގައި ހުންނެވި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.
ނަމަވެސް 'ދަ ޑިމޮކްރެޓްސް'ގައި މިވަގުތުވެސް ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރުން އެބަ ތިއްބެވެ.
- ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް (ހަސަންކޮ)
- ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
- މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
- މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި)
- މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
- ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު
- އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ)
- ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
- ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު
- މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު)
- ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު
- މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން
- ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު
އޭގެ އިތުރުންވެސް މާދަމާ ރޭ ބާއްވާ ދަ ޑިމޮކްރެޓްސްގެ ޖަލްސާގައި ނަޝީދާއި އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ސޮއިކުރައްވާނެއެވެ. އެހެންކަމުން، މަޖިލީހުގައި ތިއްބައްވާ ޑިމޮކްރެޓްސްގެ މެންބަރުންގެ އަދަދު 15އަށް އަރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު