ދިރާގުގެ ހުއާވޭ 4ޖީ މޯބައިލް ވައި-ފައި ޑިވައިސްއެއް ގަތުމުން 50 ޕަސަންޓް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުގެ ކަސްޓަމަރުންނަށް ބޮޑު ޗުއްޓީގައި ކޮންމެ ތަނެއްގައިވެސް ހުރެގެން އިންޓަނެޓް ބޭނުންކުރެވޭނެ އިންތިޒާމު ހަޖަމައްސައިދިނުމުގެ ގޮތުން އެ ކުންފުނިން ވަނީ 'ބޮޑު ޗުއްޓީ ސޭލް'ގެ ނަމުގައި މައި-ފައި ޑިވައިސްއަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފައެވެ.

ދިރާގުން މިއަދު ބުނީ އެ ޕްރޮމޯޝަންގެ ދަށުން ހުއާވޭ 4ޖީ ޑިވައިސް ލިބެން ހުންނަނީ 594 ރުފިޔާއަށް ކަމަށާއި ޕްރޮމޯޝަން ކުރިއަށްދަނީ މާދަމާގެ ނިޔަލަށް ކަމަށެވެ.

އެ މުއްދަތާ ހަމައަށް ކަސްޓަމަރުންނަށް ދިރާގު ވެބްސައިޓް މެދުވެރިކޮށް އެ ޑިވައިސް ގަނެވެން ހުންނާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖާ، ޕަބްލިކް ރިލޭޝަންސް ޖައިޝަން ހަމީދު ވިދާޅުވީ، ދިރާގުގެ އަމާޒަކީ ރާއްޖޭގެ ދިރިއުޅޭ ރައްޔިތުން ކޮންމެތާކު އަދި ކޮންމެ ވަގުތަކުވެސް މުވާސަލާތީ ގޮތުން ގުޅުވައިދިނުން ކަމަށެވެ.

ބޮޑު އީދާ ދިމާކޮށް ކުރިއަށްގެންދާ "ބޮޑު ޗުއްޓީ ސޭލް" އަކީ ޗުއްޓީ މޫސުމުގައި ދަތުރުކުރާ އިރު، ގާތްތިމާގެ މީހުންނާ ގުޅުން ބަދަހިކޮށް ހާއްސަ ވަގުތުތަކުގައި ބައިވެރިވުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.