ރާއްޖޭގެ އެންމެ ބޮޑު ކްލަބު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗުގެ މަގާމަށް ބޮސްނިއާގެ ކޯޗެއް ކަމަށްވާ މިލޮމީރު ސެސްލީޖާ (މިލޯ) ހަމަޖައްސައިފިއެވެ.
މާޒިޔާގެ އާ ކޯޗު މިއަދު ގައުމީ ދަނޑުގައި އިއުލާންކޮށްފައިވާ އިރު، އެ ކްލަބާ އެކު މި ސީޒަން ފެށި ކޯޗު، އިވާން ވެންކޯވް ކޮލޭވް އާއެކު ވެފައިވާ އެއްބަސްވުން ދެ ފަރާތް އެއްބަސްވެ އުވާލީ މިދިޔަ މަހުގެ ފަހުކޮޅުއެވެ. މި ސީޒަނަށް ތައްޔާރުވާން މާޒިޔާ އިން ގެނައި ކޯޗު އިވާން ވަނީ އެ ކްލަބާ އެކު ޗެރިޓީ ޝީލްޑް އުފުލާލުމުގެ އިތުރުން ޕްރެސިޑެންޓްސް ކަޕްވެސް ކާމިޔާބުކޮށްފައެވެ.
މާޒިޔާ މި ސީޒަނަށް ވަރުގަދަކޮށް ނުކުމެ، މިހާތަނަށް ކާމިޔާބީތަކެއް ހޯދި ނަމަވެސް، އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
މާޒިޔާއިން މިއަދު އަލަށް އިއުލާންކުރި ކޯޗަކީ 2001 ވަނަ އަހަރުން ފެށިގެން ކޯޗިންގައި މަސައްކަތް ކުރަމުން އަންނަ ތަޖުރިބާކާރު ކޯޗެކެވެ. ކުރިން މެލޭޝިއާ ލީގުގެ ބައެއް ކްލަބުތަކަށް ކުޅުމަށްފަހު، ކޯޗިންގައިވެސް އޭނާ ވަނީ އޭޝިއާއާ ގާތް ގުޅުމެއް ބާއްވާފައެވެ. ޔޫއެފާ ޕްރޯ ލައިސަންސްގެ ކޯޗު މިލޯ ވަނީ ބޮސްނިއާގެ ކްލަބުތަކުން ކޯޗިން ކެރިއަރު ފަށައި، އޮމާންގެ އަލް ސީބަށްވެސް 2008 ވަނަ އަހަރު ކޯޗުކަން ކޮށްދީފައެވެ.
އޭގެ ފަހުން އިންޑޮނޭޝިއާގެ އެންމެ ބޮޑު އެއް ކްލަބު އަރެމާ އެފްސީއަށް މިލޯ ތިން ފަހަރެއްގެ މަތިން ކޯޗުކަން ކޮށްދީފައިވެއެވެ.
މިއަދު މާޒިޔާގެ ފަރާތުން ބުނީ އިވާންއަށް މަސައްކަތް ކުރުމަށް އުނދަގޫތަކެއް ހުރި ކަމަށާއި އެއީ އަމިއްލަ ބައެއް ކަންކަމުގެ ސަބަބުން ކަމަށެވެ. އެއީ 2011 ވަނަ އަހަރާއި 2016 ވަނަ އަހަރުގެ އިތުރުން 2019 ވަނަ އަހަރުއެވެ. އެ ކްލަބާ އެކު އޭނާ ވަނީ 2019 ވަނަ އަހަރު އިންޑޮނޭޝިއާގެ ޕްރެސިޑެންޓްސް ކަޕްވެސް ކާމިޔާބުކޮށްފައެވެ.
މިލޯ ވަނީ މެލޭޝިއާ ލީގުގެ ސަބާހަށްވެސް ކޯޗުކަން ކޮށްދީފައެވެ. އޭގެ އިތުރުންވެސް އިންޑޮނޭޝިއާގެ އެހެން ކްލަބުތައް ކަމަށްވާ މަޑޫރާ ޔުނައިޓެޑާއި ޕީއެސްއެމް މަކައްސަރު އަދި ބޯނެއޯއަށްވެސް މިލޯ ވަނީ ކޯޗުކަން ކޮށްދީފައެވެ.
މާޒިޔާގެ ކޯޗުގެ މަގާމަކީ ރާއްޖޭގައި އެންމެ ޕްރެޝަރު ބޮޑު އެއް މަގާމަށްވެފައިވާ އިރު، މިދިޔަ ސީޒަންގައި މާޒިޔާއިން ވަނީ ތިން ކޯޗެއްގެ އިރުޝާދުގެ ދަށުން ކުޅެފައެވެ.
އެގޮތުން ސީޒަން ފަށައިގެން، ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާގެ ކޯޗަކީ މުހައްމަދު ޝިޔާޒް (މޯހަން) އެވެ. އޭގެފަހުން ސާބިއާގެ މިއޮޑްރަގް ޖެސިކްގެ އިރުޝާދުގެ ދަށުން މާޒިޔާ ކުޅެފައިވާ އިރު، އޭނާ ވަނީ ކްލަބަށް ލީގު ޔަގީންކޮށްދީފައެވެ. މާޒިޔާގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގައި ހުރި ޖެސިކް ވަނީ ދާދިފަހުން ކާރު އެކްސިޑެންޓެއްގައި މަރުވެފައެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު