ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޕާކިސްތާނުގެ ހަތަރު މީހުންގެ ގްރޫޕްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
އެ މީހުން ހައްޔަރުކުރީ މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހުއެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ، 32 އަހަރުގެ ފިރިހެނުންނާއި 32 އަހަރުގެ އަންހެނަކާއި 36 އަހަރުގެ ދެ ފިރިހެނުންނެވެ.
އެ މީހުންނަށް ތުހުމަތުކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ވިޔަފާރިކުރަން އުޅުމެވެ. އެމީހުންގެ ބަންދަށް މޭ މަހުގެ 30 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ދިނީ ފަސް ދުވަހެވެ. އޭގެ ފަހުންވެސް އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވެއެވެ.
އެ މީހުންނަށް އެންމެ ފަހުން ދިން ބަންދުގެ މުއްދަތު އިއްޔެއަށް ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ އެންމެންގެ ބަންދަށް ވަނީ 30 ދުވަސް ޖަހައިފައެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި އެ މީހުންގެ ބޮޑުކަމުދާ ތަކެތިން ޖުމްލަ 227 ބުލެޓުގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އެ ތަކެތީގެ ބަރުދަނުގައި 2.89 ހުރި ކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.
ކޯޓު އަމުރުގައިވާ ގޮތުގައި އެ އެންމެންނަކީވެސް ނެޓްވޯކެއްގެ ތެރެއިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހުންނެވެ. އޭގެ ތެރެއިން އަންހެން މީހާވަނީ ކުށަށް އިއުތިރާފުވެފައެވެ.
ޕާކިސްތާނަކީ ރާއްޖެއަށް އެންމެ ގިނައިން މަސްތުވަތާކެތި އެތެރެކުރާ އެއް ގައުމެވެ.
ޚަބަރު
ޚަބަރު