ހައްޖަށް ދިޔަ އިތުރު ދިވެއްސަކު މިއަދު މަރުވެއްޖެއެވެ.
މަރުވެފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ، ނ. ހޮޅުދޫ/ އުދަރެސް، ގާސިމް އިބްރާހީމް (ގާސިމްބެ) އެވެ. އޭނާއަކީ އުމުރުން 70 އިން މައްޗަށް ގޮސްފައިވާ މީހެއް ކަމަށް ކައުންސިލުން ބުނެއެވެ.
ހޮޅުދޫ ކައުންސިލްގެ ރައީސް ރިލްވާން މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ، ގާސިމް މަރުވެފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށާއި އޭނާ މަރުވީ ހޮޓަލުގައި ހުއްޓާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މިއީ މިއަހަރު ހައްޖަށް ދިޔަ ދިވެހިންގެ ތެރެއިން މަރުވި ތިންވަނަ ހައްޖުވެރިޔާއެވެ.
އެގޮތުން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ މީހަކު އިއްޔެވެސް ވަނީ މަރުވެފައެވެ. އެއީ ދ. މާއެނބޫދޫ/ ފިޔާތޮށިގެ، އަލީ ހަސަން (72) އެވެ. އޭނާ މަރުވީ މައްކާގެ ސައުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އިއްޔެ އިރުއޮއްސި 6:17 ގައެވެ.
މިދިޔަ ހުކުރު ދުވަހު މަރުވެފައިވަނީ ގެއްލިގެން ހޯދަމުންދިޔަ މުހައްމަދު ނަސީމް ނަމަކަށް ކިޔާ 72 އަހަރުގެ މީހެކެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ނޫރު ފަރުބަދަ ކައިރިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު