ކީރިތި ގުރުއާނަށް ހުރުމަތްތެރިކޮށް ނުހިތުމަކީ ރަޝިޔާގައި ކުށެއް ކަމަށް އެގައުމުގެ ރައީސް ވްލަޑީމިއަ ޕުޓިން ވިދާޅުވެއްޖެއެވެ.
ރަޝިޔާގެ ޑާބަންޓް ސިޓީގައި ޕުޓިން ވަނީ އެސިޓީގައި ދިރިއުޅޭ މުސްލިމުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވައިފައެވެ.
ޕޫޓިން ވަނީ އެގައުމުގައި ދީނީ ކަންކަމުގައި އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އެގައުމުގައި ގުރުއާނަށް ހުރުމަތްތެރިކޮށް ނުހިތުމަކީ ބޮޑު ކުށެއް ކަމަށާއި ގާނޫނުގައިވެސް އެކަމާމެދު ފިޔަވަޅު އެޅުމަށް އޮންނާނެ ކަމަށް ވެސް ޕުޓިން ވިދާޅުވިއެވެ.
ޕުޓިން، ޑާބަންޓް ސިޓީއަށް ޒިޔާރަތް ކުރެއްވުމުން އެސިޓީގެ މުސްލިމް ކޮމިއުނިޓީގެ ފަރާތުން ވަނީ ޕުޓިން އަށް ހަތިމެއް ހަދިޔާ ކޮށްފައެވެ. ޕުޓިން ވަނީ އެ ހަދިޔާ ގަބޫލުކުރައްވައި ޝުކުރުވެސް ދަންނަވައިފައެވެ.
ޕުޓިން، ކީރިތި ގުރުއާން އާބެހޭގޮތުން ވާހަކަ ދައްކަވާފައި މިވަނީ ދާދިފަހުން އިނގިރޭސި ވިލާތުގެ ސްޓޮލްކްހަމްގެ މިސްކިތެއްގައި މީހަކު ގުރުއާން ވީދައި އަންދާލި މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
މުސްލިމް ގައުމުތަކުން ދަނީ އެމައްސަލައާ ގުޅިގެން އެކަމުގެ ނުރުހުން ފާޅުކޮށް ބަޔާން ނެރެމުންނެވެ. ރާއްޖެއިންވެސް ވަނީ އެކަން ކުށްވެރިކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ