ހަސަދަވެރިކަމާއި ރުޅިވެރިކަމުން ދުރުހެލިވުމަށް ހައްޖު ހުތުބާގައި ގޮވާލައިފިއެވެ.
މި އަހަރުގެ ހައްޖު ހުތުބާ ފަށަމުން ވަނީ ނަމާދު ގާއިމުކުރުމަށާއި ޒަކާތްދިނުމަށާއި ރޯދަ ހިފުމަށާއި އަދި ކުށަޅާނަވެގެންވާ މީހާ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ގޮވާލައިފައެވެ. އަދި ފަސާދައިން ދުރުހެލިވެ އެއްބަޔަކު އަނެއް ބަޔަކާއެކު އެކިވެރިކަންމަތީގައި އުޅުމަށާއި ހަސަދަވެރިކަމާއި ރުޅިވެރިކަމުން ދުރުހެލިވުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
"އެހެނީ ހަސަދަވެރިކަމަކީ މީސްތަކުންގެ މެދުގައި ލޭ އޮހޮރުވުންތައް ހިނގައި ފިތުނަތައް ފެތުރޭ ކަމެއް،" ހުތުބާގައި ބުންޏެވެ.
އެއް މުއުމިނަކީ އަނެއް މުއުމިނެއްގެ ބިނާއެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ އެއް މުޖުތަމައެއް ގޮތަށް އެކުވެރިކަންމަތީ އެންމެންވެސް އުޅެންޖެހޭ ކަމަށެވެ. އަދި މުޖުތަމައު ބައިބައިކުރަން ކުރާ މަސައްކަތްތައް ހުއްޓުވަންޖެހޭ ކަމަށް ބުންޏެވެ.
ހައްޖު ހުތުބާގައި ވަނީ އާއިލީ ގުޅުންތަކާއި ދަރީންގެ ހައްގުތަކާއި ރަހުމަތްތެރީންގެ ހައްގުތަކާއި މުޖުތަމައުގެ ހައްގުތައް ދެމެހެއްޓުމަށްވެސް ގޮވާލައިފައެވެ. އަދި ސުވަރުގެ ހޯދުމަށް ހުރިހާ އެންމެންވެސް ގަދައަޅައި މަސައްކަތް ކުރުމަށާއި ކީރިތި ރަސޫލާއަށް ގިނަ ގިނައިން ސަލަވާތްކިޔެވުމަށާއި ﷲ ނަހީކުރެއްވި އެންމެހާ ކަންކަމުން ދުރުހެލިވުމަށް ވަސިއްޔަތްކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު