ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ކުށްވެރިންގެ ފައިގައި އަލުން މޮނިކޮން ޓެގްސް އަޅުވަން ފަށައިފިއެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ކުރެއްވި ޓުވީޓެއްގައި ބުނީ މިއަދުން ފަށައިގެން ޓެގް އެޅުވަން ފަށާފައިވާ ކަމަށެވެ.
"ޖިނާއީ އަދުލުގެ ބޭނުމަށްޓަކައި މީހުން މޮނިޓާކޮށް ކޮންޓްރޯލްކުރުމުގެ ގާބިލުކަން ފުލުހުންގެ ކިބައިގައި ގާއިމުކޮށް، ކޯޓު އަމުރެއްގެ ދަށުން އެންކަލް ބްރެސްލެޓް (ޓެގު) ބޭނުންކުރަން މިއަދު ފަށައިފި،" އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ޓެގް އަޅުވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ކަމަށް ވިޔަސް ސަރުކާރުގެ އަމާޒަކީ ޖިނާއީ އަދުލުގެ ނިޒާމުގައި މޮނިކޮން އަމުރު ބޭނުންކުރެވޭނެ އިތުރު އިޖުރާއާތްތައް ތައާރަފުކޮށް، ޖަލުގައި މީހުން ބަންދުކުރާ މިންވަރު މަދުކުރުން ކަމަށެވެ. އަދި ކުރިން ދިމާވި އިދާރީ އަދި ތަންފީޒީ ދަތިތައް މިފަހަރު ދިމާނުވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
މޮނިކޮން ޓެގް މީހެއްގެ ފައިގައި އެޅުވޭނީ ހައި ކޯޓުގެ އަމުރެއްގެ ލިބިގެންނެވެ. އެ އަމުރު ނެރެދިނުމަށް ހައި ކޯޓުގައި އެދެނީ ފުލުހުން ހޯމް މިނިސްޓަރަށް ދެންނެވުމުން މިނިސްޓަރު ނިންމަވާ ގޮތެއްގެ މަތީންނެވެ.
އެންމެ ފަހުން މޮނިކޮން ޓެގް އަޅުވާފައިވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާން އަދި ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އަހުމަދު އިސްމާއިލް (ބުރު އަހަނދު) ފައިގައެވެ. އޭނާގެ ފައިގައި މިއަދު ޓެގް އަޅުވާފައިވާ އިރު، މީގެ ކުރިން ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތު ކުރާ، ޏ. ފުވައްމުލަކު/ މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ ފައިގައިވެސް ޓެގް އަޅުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު