ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޯޑިން އަދި އިންޖިނިއަރިން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ބީއެމްއެލުން ކުރިއަށްގެންދިޔަ އެ ޕްރޮގްރާމަކީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން، އީޖާދީ އަދި ޓެކްނޮލޮޖީގެ ދާއިރާގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
ބީއެމްއެލުން މިއަދު ބުނީ 12 އަހަރާއި 14 އަހަރުގެ އުމުރުފުރާގެ އަންހެން ކުދީންނަށް އަމާޒުކޮށްގެން ހިންގި އެ ޕްރޮގްރާމް، ޖުމުލަ 24 ކުދިން ފުރިހަމަކުރި ކަމަށެވެ.
ފޯލޫޕް ކޯޑިން އެކަޑަމިއާ ގުޅިގެން ހިންގި އެ ޕްރޮގްރާމުގައި ވިޝުއަލް ބްލޮކްސް ބޭނުންކޮށްގެން ގޭމް ޑިވެލޮޕްކުރުން، ޕައިތަން ބޭނުންކޮށްގެން އެޕް ޑިވެލޮޕްކުރުމާއި ބްލޫޓޫތު ކޮންޓްރޯލް ރޮބޮޓް ހަދަން ކުދިންނަށް ދަސްކޮށްދީފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު