އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންތަކުގެ އަށް ރަށުގެ ތެރެއިން ފަސް ރަށުގެ ގޮނޑި ޕީޕީއެމުން ކާމިޔާބުކޮށްފިއެވެ.
އަންހެނުންގެ ތަރަައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގެ ވޯޓުލުން ބާއްވާފައިވަނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.
- ހދ. ފިނޭ، ޒުހުދާ މުހައްމަދު (147 ވޯޓު)
- ލ. މާމެންދޫ، ސައުދިއްޔާ ހުސައިން (224 ވޯޓު)
- މ. ވޭވަށް، ޝިފާޒާ އިބްރާހިމް (113 ވޯޓު)
- ކ. ދިއްފުށި، އާއިޝަތު ސާހިރާ (181 ވޯޓު)
- ގދ. ހޯޑެއްދޫ، ނަރުޒާނާ ހުސައިން (204 ވޯޓު)
- ތ. ގާދިއްފުށި، މަރިޔަމް ހަސަން (234 ވޯޓު)
- އއ. ފެރިދޫ، ސާނާ އަހުމަދު (244 ވޯޓު)
ރ. އަނގޮޅިތީމުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި ކާމިޔާބުކުރެއްވީ އަމިއްލަގޮތުން ވާދަކުރެއްވި ކެނޑިޑޭޓް އާސިމާ ރަޝީދެވެ. އޭނާ އެ ގޮނޑި ކާމިޔާބު ކުރީ ޕީޕީއެމްގެ ކެންޑިޑޭޓް ހަދީޖާ ހުސައިން މަނިކާ ވާދަކޮށް ހަތް ވޯޓުގެ ތަފާތުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު