އެމެރިކާގެ ވޮޝިޓަންގައި ރާއްޖޭގެ އެމްބަސީއެއް އަލުން ހުޅުވައިފިއެވެ.
މި އެންބަސީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ.
އެމެރިކާއިން ރާއްޖެއާއެކު ހިންގާ މުއާމަލާތްތައް މިހާރު ކުރިއަށް ގެންދަނީ ލަންކާގައި ހުންނަ އެމެރިކާ އެމްބަސީ މެދުވެރިކޮށެވެ. އެމެރިކާގައި ރާއްޖެ ތަމްސީލު ކުރަނީވެސް އދ. ގައި ހުންނަވަ ރާއްޖޭގެ މިޝަން މެދުވެރިކޮށެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ، ރާއްޖޭން އެމެރިކާއަށް ކަނޑައަޅުއްވާ ސަފީރުގެ މަގާމަށް އަބްދުލް ގަފޫރް މުހައްމަދު
އައްޔަންކުރައްވައިފައެވެ.
ރާއްޖެއާއި އެމެރިކާގައި އެމްބަސީ ގާއިމުކުރުމަށް ނިންމަވާފައިވަނީ އެމެރިކާގެ އޭރުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
އެމްބަސީ ހުޅުވުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ވަނީ އެމެރިކާގެ އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމާންޓްގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރއާވެސް ބައްދަލުކުރައްވައިފައެވެ.
ރާއްޖެއާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރައްވާފައިވަނީ 1966 ވަނަ އަހަރުއެވެ.
އެމެރިކާގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވާފައިވާއިރު ރާއްޖޭގައިވެސް އެ ގައުމުގެ އެމްބަސީއެއް ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ރާއްޖޭގައި އެމެރިކާގެ އެމްބަސީ ހުޅުވުމަށް ނިންމަވާފައިވަނީ ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު