ފުޓުބޯޅައިން މުޅި ގައުމު ހޯދި އުފާވެރިކަމެއް އެބައޮތެވެ. އެ ހަނދާން އަބަދުވެސް އާކުރެވޭނެއެވެ. 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕެވެ. ދިވެހީންގެ ފުޓުބޯޅަ މާޒީގެ އެންމެ އުފާވެރި ވަގުތަކީ މުހުތާރު ނަސީރު (ޓޫކިލޯ) ފޮނުވާލި ބޯޅަ، އިންޑިއާ ކޮޅަށް ވަން ވަގުތެވެ. ރާއްޖެއަށް ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ހޯދުނު ދުވަހެވެ. މުޅި ގައުމު ރަތް ކުލައިން ޖަރީވި ދުވަހެވެ. ސީދާ ޓީމުގެ ޖާޒީ ނުލިބުނު ނަމަވެސް، ރަތް ކުލައިގެ ފޭރާމެއް ނުލައިހުރި މީހަކު އެ ދުވަހު މަދުވާނެއެވެ. އުފާފާޅުކުރުންތަކުގައިވެސް ފެނުނީ އެ މަންޒަރެވެ. އޭރުއްސުރެ ގައުމީ ޓީމުގެ ރަތް ޖާޒީއަކީ ދިވެހީންނަށް ބޮޑު ޝަރަފެކެވެ.
އޭގެ ފަހުން 2018 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ހޯދިއިރު، ޓީމުގެ ޖާޒީއާއި، ސަޕޯޓަރުންނަށް ޖާޒީ ކަންތަކުގައި އޮތީ ބަދަލުތަކެއް އައިސްފައެވެ. "ފޭން ޖާޒީ"ތައް އޭރު މަދުމަދުން ފެނުނެވެ. ކޮންމެ ސާފް ޗެމްޕިއަންޝިޕަކަށް ނުކުންނައިރުވެސް، 2008 ގެ ޖާޒީގެ ރަމްޒަކީ އަބަދުވެސް ދިވެހީންނަށް ހިތްވަރެކެވެ. އިންގިލާބީ އާ ބަދަލުތަކާއެކު މިހާރު ސަޕޯޓަރުންގެ ޖާޒީއެއް ނުގަނެ، ޓީމަށް ހިތްވަރުދިނުމަކީ އުނދަގޫވެސް ކަމެކެވެ.
ދެހާސް އެކާވީސް ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފްގައި ޓީމުން ބޭނުންކުރި ޖާޒީއަށް ފިހާރަތައް ދަށުގައި ކިޔު ޖެހުނު މިންވަރުން އެކަމުގެ ހާއްސަކަން ސާފުވެއެވެ. ހަމައެކަނި ޓީމު ޖާޒީއަކަށް ނޫނެވެ، ސަޕޯޓަރުންގެ ޖާޒީއަށްވެސް ކިޔުތައް ދަމާލިއެވެ. އެއީ ދިވެހީން ސާފަށްވާ ތައްޔާރީގެ އެންމެ ބޮޑު ބައެވެ. އެ ތައްޔާރީތައް ރިޕީޓްވުމުގެ ވަގުތު ޖެހިއްޖެއެވެ. ޓީމުގެ ރޫހަކީ އަބަދުވެސް ސަޕޯޓަރުންނެވެ. ފުރިހަމަ ސަޕޯޓަރުންގެ ޖާޒީއަކަށް އަބަދުވެސް އިންތިޒާރު ކުރެވެނީ އެހެންވެއެވެ. އެ އިންތިޒާރަށް ޖާޒިއާ ތައްޔާރެވެ. 2008 ގެ ރަން ހަނދާނަށް ޖާޒީއާއިން ތިން "ޓްރިބިއުޓް" ފުރިހަމައެވެ.
"ޖާޒިއާ މިފަހަރު ސަޕޯޓާސް ޖާޒީ ހާއްސަކުރީ 2008 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދި ޓީމަށް. އެއީ އަސްލު ރާއްޖޭގައި އުފެދުނު ގޯލްޑަން ޖެނެރޭޝަންގަ ރަން މެޑަލް ހޯދި ފަހުރަކީ އެޓީމު ކަމަށްވާތީ. ޖާޒީ ޑިޒައިންކުރީވެސް އެ ފަހަރު ޖާޒީއަށް ޓްރިބިއުޓް ޑިޒައިނެއް ގޮތަށް. ޖާޒީ ފެނުނީމަ ނޮސްޓަލްޖިކް ފީލްއެއް ވާނެ ގޮތަށް،" ޖާޒިއާގެ ހުނަރުވެރި ޑިޒައިނަރު، ޖާޒިއާގެ ކޯ ފައުންޑަރު، ހަސަން ދިލްޝާން "ވަން" އަށް ބުންޏެވެ.
ދިލްޝާންގެ ޑިޒައިންތަކުން އަބަދުވެސް ހާއްސަ މެސެޖުތައް ދެއެވެ. ހާއްސަކޮށް ގައުމީ އެކިއެކި މުބާރާތްތަކަށް ކުރާ ޑިޒައިންތަކުން ގައުމީ ވަންތަ ހާއްސަ އިހުސާސެއް އަބަދުވެސް ގެނުވައެވެ. މިފަހަރު ޖާޒިއާއިން ސަޕޯޓަރުންނަށް ދޫކޮށްލި ޖާޒީންވެސް ދިލްޝާން ފާހަގަކުރި "ރަން ހަނދާންތައް" ގެނުވާ ކަހަލަ އިހުސާސެއް ކުރެވެއެވެ.
"2008 ވަނަ އަހަރަކީ ދިވެހީންގެ ހަނދާނުން ފޮހެލަން ދަތި، އުފާވެރި އަހަރެއް. ރާއްޖޭގެ ނަން ފުޓުބޯޅައިގައި ރަން އަކުރުން ފަވައިލި އަހަރެއް. އޭރު މުޅި ރާއްޖޭގައިވެސް އެ ޖާޒީތައް ނުލާ ރަށެއް މަދުވާނެ. ހަމަ އެގޮތަށް މިފަހަރުވެސް ހުރިހާ އެންމެން ޖާޒިއާގެ މި ޖާޒީ ލައިގެން ދިވެހި ޓީމަށް ސަޕޯޓްކުރާ ކަހަލަ އައިޑިއާއެއްގައި ޑިޒައިން ގެނައީ. އެއީ އޭރުގެ 2008 ގެ ހަނދާންތަކާއެކު. 2008 އެއީ ރާއްޖޭގެ ފުޓުބޯޅައިގެ ޕީކް އަހަރު،" ދިލްޝާން އިތުރަށް ބުންޏެވެ.
ޖާޒިއާގެ ފުރިހަމަ ސަޕޯޓަރުން ޖާޒީއަށް ވެބްސައިޓް " https://bit.ly/42Hi1GD " މެދުވެރިކޮށް މިހާރު ޕްރީ އޯޑާކުރެވޭނެއެވެ. އެންމެ 200 ރުފިޔާގެ ޖާޒީގެ ފުރަތަމަ ޝިޕްމަންޓް މި ހަފުތާ ތެރޭގައި ސަޕޯޓަރުންނާ ހަމައަށް ޖާޒީއާއިން ގެނެސްދޭނެއެވެ. 1000 އަށްވުރެ ގިނަ ޖާޒީ ފުރަތަމަ ޝިޕްމަންޓްގައިވެސް ލިބޭނެ ކަމަށް ދިލްޝާން ބުންޏެވެ. ޖާޒީ ވިއްކުމުގައި ޖާޒީއާގެ ހާއްސަ ކަމެއްވެސް އެބައޮތެވެ. ޖާޒީ ވިއްކައިގެން ލިބޭ ފައިދާގެ ބައެއް، އެހީ ޖަމިއްޔާއާއި އިންޓަނޭޝަނަލް އެއިޑް ކެމްޕޭނަށް ޖާޒީއާގެ ފަރާތުން ހަދިޔާ ކުރާނެއެވެ.
ރަން ހަނދާންތައް ޑިޒައިނުން ގެނުވާ، ޖާޒިއާގެ ސަޕޯޓަރުންގެ ޖާޒީއަކީ މިފަހަރު ސާފް ޗެމްޕިއަންޝިޕަށް "އެންމެ ފުރިހަމަ ފޭން" ޖާޒީއެވެ. 2008 ގެ ހަނދާންތަކަށް ޖެހިލައި، ގައުމީ ރޫހު ތާޒާކޮށްލުމަށް ޑިޒައިން ފުރިހަމައެވެ. ދެ ތަރީގެ ރަމްޒުން ދިވެހީންނަށް އަނެއްކާވެސް ކާމިޔާބަށް ކުރެވޭ ހިތްވަރު އާވެގެންދާނެއެވެ. ޖާޒީގެ ފަހަތުގައިވާ ގައުމީ ދިދައިގެ ތިރީގައި ވަނީ ފުޓުބޯޅައިން ދިވެހީން ހޯދި ފަހުރުވެރި ކާމިޔާބީގެ ދެ އަހަރެވެ. ރީތި، ސިމްޕަލް ގައުމީ ޑިޒައިނެކެވެ. ރަތާއި ހުދުގެ ރަމްޒެކެވެ. ގައުމީ ދިދައިގެ ރަމްޒެކެވެ. ގެނުވަނީ ގައުމީ ރޫހެކެވެ. ޖޯޒީއެއް ކޮންމެހެންވެސް މުހިންމެވެ. ޖާޒިއާގެ ހާއްސަ ފޭން ޖާޒީއާ ގުޅޭ އިތުރު މައުލޫމާތު 9972525 އަށް ފޯނުން ގުޅާލައި ހޯދާލެވޭނެއެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023