ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ މޯލްޑިވްސް ފުޑް ކާނިވަލްގެ މެއިން ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
މޯލްޑިވްސް ފުޑް ކާނިވަލަކީ ތަފާތު ކާބޯތަކެއްޗާއި ކަލިނަރީ އުފެއްދުންތައް ދައްކާލުމުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި މިއުޒިކާއެކު ބާއްވާ ފަސް ދުވަހުގެ ކާނިވަލެކެވެ. މިމަހުގެ 20 އިން 24 އަށް ކުރިއަށްގެންދާ މި ކާނިވާ އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި ކުލަގަދަ ހަރަކާތުގެ މެއިން ސްޕޮންސަރަކަށް ދިރާގު ހަމަޖައްސާފައިވާ އިރު، ހަރަކާތުގެ ޓައިޓަލް ސްޕޮންސަރަކީ އާބަންކޯއެވެ.
ދިރާގުން މިއަދު ބުނީ މި ކާނިވަލުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ބިރުވެރި ހޮހަޅަ އަކާއި ތަފާތު ދިވެހި ފަންނާނުންނާއި ލަވަކިޔުންތެރިންގެ ހުނަރު ދައްކާލުމަށް އޯޕަން ސްޓޭޖެއް އަދި ކަލިނަރީ މުބާރަތްތަކެއް ހިމެނޭ ކަމަށެވެ. އަދި ކާބޯތަކެތި ވިއްކާ ފަރާތްތައްވެސް އެފަރާތްތަކުގެ އުފެއްދުންތައް ދައްކާލައި ވިއްކުމަށް ހަމަޖެހިފައިވާ އިރު، ކާނިވަލް ތެރޭގައި އާޓިސަން މާކެޓް، ފުޑް ސްޓްރީޓް، ޓީ އެންޑް ކޮފީ ފެސްޓިވަލް އަދި ޓޭސްޓް ދަ ވޯލްޑްއަށް ބަހާލެވިގެން ސްޓޯލްތައް ހުންނާނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުގެ އެސިސްޓަންޓް މެނޭޖާ ބްރޭންޑް ނާޔާ ޝަރީފް ވިދާޅުވީ މި ފެސްޓިވަލްގައި ދިވެހި އަދި ބޭރުގެ ތަފާތު ފަރާތްތަކުގެ ކާބޯތަކެތިވެސް ދިރާގު ފުޑް ސްޓްރީޓް އަދި އެހެނިހެން ސްޓޯލްތަކުންވެސް ލިބެން ހުންނާނެ ކަމަށެވެ. އަދި މި ކުލަގަދަ ކާނިވަލްގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ސޮއިކޮށް، މި ކުލަގަދަ އިވެންޓް އާންމުންނާ ހަމައަށް ގެނެސްދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ނާޔާ ވިދާޅުވިއެވެ.
ތިންކް އެސޯސިއޭޓްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަދީލް އިސްމާއިލް ވިދާޅުވީ މި ފެސްޓިވަލްގައި ރާއްޖެއިން ކުރިން ނުފެންނަ ފަދަ ތަފާތު ކާބޯތަކެތީގެ ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު