ހިޔާ ފުލެޓުގެ ކުލި ގަވައިދުން ދައްކައިގެން އުމްރާ ދަތުރު ލިބޭ ޕްރޮމޯޝަން އާބަންކޯއިން މިއަދު ފަށައިފިއެވެ.
އާބަންކޯއިން މިރޭ ބުނީ ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކުލި ދެއްކުމުން ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކަމަށާއި ކޮންމެ ތިން މަހަކުން ދެ ނަސީބުވެރިންނަށް އުމްރާ ދަތުރެއް ހިލޭ ލިބޭނެ ކަމަށެވެ.
ހިޔާ ފުލެޓުގެ ކުލި އޯވާޑިއުވެފައިވާނަމަ، އޯވާޑިއު ޕޭމަންޓް ޕްލޭންގެ ދަށުން ހަ މަސް ވަންދެން ގަވައިދުން ކުލި ދެއްކުމުގެ ފުރުސަތު ލިބޭނެ ކަމަށް އާބަންކޯއިން ބުންޏެވެ.
އެ ޕްރޮމޯޝަން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.
ފުލެޓުގެ ކުލި ގަވައިދުން ދައްކާ ފަރާތްތަކަށް އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް އާބަންކޯއިން ފަށާފައިވާ އިރު، ފުލެޓްތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ކުލި ނުދައްކާ މައްސަލައަށް އަދިވެސް އެދެވޭ ހައްލެއް ލިބިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު