އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ރާއްޖޭގައި 10 މަޝްރޫއެއް ހިންގުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު ހަލީލުއެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ވެއްލަމްވެލީ މުރަލީދަރަންއެވެ.
ވެއްލަމްވެލީ މުރަލީދަރަން ރާއްޖެ ވަޑައިގެންނެވީ އިންޑިއާގެ އެހީގައި ތަރައްގީކުރާ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
- ހއ. ދިއްދޫގައި އައުޓްޑޯ ޖިމެއް ގާއިމްކުރުން
- ގދ. ވާދޫގައި އައުޓްޑޯ ޖިމެއް ގާއިމްކުރުން
- ށ. މިލަންދޫގައި ދުވާ ޓްރެކެއް އެޅުން
- ފުވައްމުލަކު ސިޓީ، ހދ. ކުޅުދުއްފުށި، ނ. ކެނދިކުޅުދޫ އަދި ލ. ގަމަށް ސްކޫލު ބަސް ހޯދުން
- ލ. އަތޮޅު ތައުލީމީ މަރުކަޒުގައި ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންދިއުން
- ޅ. ހިންނަވަރުގައި އާ ކައުންސިލް އޮފީހެއް ބިނާކުރުން
- ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ނަފްސާނީ ބަލިތަކަށް ފަރުވާ ދޭ ޔުނިޓެއް ގާއިމްކުރުން
- މާލޭގައި އާޓްސް ސެންޓަރެއް ގާއިމްކުރުން
- އައްޑޫ ހިތަދޫގެ ބޭރުމަތި ދާއިރާގައި އައުޓްޑޯ ޖިމެއް ގާއިމްކުރުން
- އައްޑޫ ހިތަދޫގެ ރަސްގެދަރަ ދާއިރާގައި އައުޓްޑޯ ޖިމެއް ގާއިމްކުރުން
ފޮރިން މިނިސްޓްރީން ބުނީ އެ މަޝްރޫއުތަކަކީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްސްޓް" ސްކީމްގެ ދަށުން ހިންގަން ނިންމާފައިވާ މަޝްރޫއުތަކެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު