ސިނާމާލެ ބުރިޖުގައި މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ޓެކްސީއެއްގައި ރޯވެއްޖެއެވެ.
މީޑިއާތަކަށް ފުލުހުން މިއަދު ފޮނުވި މެސެޖެއްގައި ބުނީ ބުރިޖުގައި ދުއްވާފައި ދިޔަ ޓެކްސީއެއްގައި ރޯވެގެން ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ޓެކްސީއެއްގައި އެއާޕޯޓް ލައިޓު ކައިރިން އަލިފާން ރޯވެފައިވާ ކަމަށް މިއަދު ހަވީރު 4:11 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އެ އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި އަލިފާން ރޯވި ވަގުތު ޓެކްސީގައި ތިބީ ޑްރައިވަރާއެކު ޖުމުލަ ތިން މީހުން ކަމަށެވެ.