ގދ. ތިނަދޫ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މަރުވެފައި އޮއްވާ ފެނިފައިވަނީ 48 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ. އަދި ފުލުހުން ސީންގައި ހަރަކާތްތެރިވަމުންދާ ކަމަށް ބުންޏެވެ.
އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށާއި އޭނާގެ މަރުގައި ތުހުމަތުކުރެވޭ ފަދަ ކަމެއް މިހާތަނަށް ފާހަގަވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އިތުރަށް ބަަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ. ނަމަވެސް އޭނާ ނިސްބަތްވާ ގައުމެއް ފުލުހުން ބުނެފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު