މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އިލެކްޓްރިކް ބަސް، އީވީ ބަސް ޗާޖު ކުރާނެ ސްޓޭޝަނެއް މާލޭގައި ގާއިމުކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ އީވީ ބަސް ޗާޖިން ސްޓޭޝަނަކީ "ކްލައިމެޓް ޕްރޮމިސް" ޕްރޮޖެކްޓުގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީ އަދި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން ގާއިމުކުރި ސްޓޭޝަނެއް ކަމަށެވެ.
ޓްރާންސްޕޯޓުން ބުނީ އީވީ ބަސް ސްޓޭޝަނަކީ މޫސުމަށް އަންނަ ބަދަލުތަކަށް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ގާއިމުކުރި ތަނެއް ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ކުރާ މަސައްކަތަށް އެ ސްޓޭޝަންގެ ސަބަބުން ވަރަށް ބޮޑަށް ފައިދާ ކުރާނެ ކަމަށެވެ.
އީވީ ބަސް ޗާޖުކުރާ ސްޓޭޝަން ހުޅުއްވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. އެ ސްޓޭޝަން ރަސްމީކޮށް ބޭނުންކުރަން ފަށާނީ މާދަމާއިން ފެށިގެންނެވެ.
އެތަން ހުޅުއްވައިދެއްވުމަށްފަހު އާޒިމާއި މިނިސްޓަރު ނަހުލާ އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރި ވަނީ މިނީ ބަހުގައި ދަތުރެއް ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު