ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި، އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިފްއަތުގެ މައްޗަށް، ނަގާ އިރުބާރު ނެތްކަމުގެ ވޯޓުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވަރުގަދަކަން އެނގިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކާއި، އެމްޑީޕީން ވަކިވެ ޑިމޮކްރޭޓްސް ޕާޓީ އުފައްދަވަން މަސައްކަތްކުރާ މެންބަރުން އެކުވެގެން ސަރުކާރުގެ ދެ ވަޒީރެއްގެ އިތުބާރުނެތްކަމުގެ މައްސަލަ ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.
އޭގެ ތެރޭގައި ހިމެނެނީ، އޭޖީ ރިފްއަތުގެ އިތުރުން ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށް ބަހުސް ކުރުމަށްފަހު ވޯޓަށް އަހަން ވަނީ ހަމަޖެހިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ރާއީ ވިދާޅުވީ، "ދެ ވަޒީރުންގެ ނޯކޮންފިޑެންސް ވޯޓުގެ ތެރެއިން ކިރާލަން ފެނިގްނެދާނެ ސަރުކާރު ބަލިކަށީތޯ ވަރުގަދައީތޯ، އެމްޑީޕީގެ ޕާލަމެންޓްރީގްރޫޕު ބަލި ކަށީތޯ ނުވަތަ ވަރުގަދައީތޯ، އެއީ ވަރަށްބޮޑަށް ސާފުވެގެންދާނެ،" ކަމެއް ކަމަށެވެ.
ރާއީ ވިދާޅުވީ، ވަޒީރުންގެ އިތުބާރުނެތްކަމުގެ މައްސަލަތަކުގައި، ސަރުކާރާ ދެކޮޅު އަދި އެ ބޭފުޅުންނާ ހިޔާލު ތަފާތު ފަރާތްތައްވެސް ވަޒީރުންގެ އިތުބާރު އޮތްކަމަށް ވޯޓު ލައްވާނެ ކަމަށެވެ.
"ދެ ވަޒީރުންގެ ވޯޓުގައި ދިވެހި ރައްޔިތުން ބައްލަވަން ތިބޭތި، މިތަނުގައި ވޯޓު ޖަހާނެ އެބޭފުޅުންނާ ދެކޮޅު ބޭފުޅުންވެސް، އެބޭފުޅުންނާ ހިޔާލު ދެކޮޅު ބޭފުޅުންވެސް ސަރުކާރާ ދެކޮޅު ބޭފުޅުންވެސް، އެބޭފުޅުންގެ އިތުބާރު އޮތްކަމަށް މާދަމާ ވޯޓުގައި ޖަހާނެ، އޭގެން ތިބޭފުޅުންނަށް ވަޒަން ކޮށްލެވޭނެ މިބުނާ މަސްކަތް ކުރާ މީހުންގެ އިހުލާސްތެރިކަމެއް ނެތްކަން،"
އޭޖީގެ މައްސަލައިގެ އިތުރުން ޝާހިދުގެ މައްސަލައިގައި އިދިކޮޅު ފަރާތްތަށް ނާކާމިޔާބު ކޮށްލުމަށް އެމްޑީޕީން ވަނީ ތުރީލައިންވިޕެއް ވެސް ނެރެފައެވެ.
ދެ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ހުށަހެޅުމުން، މަޖިލީހުގެ ނާއިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު