ރޭ ކުޅުނު މެޗަކީ އާޖެންޓީނާގެ ފޯވަޑް އެލެކްސިސް މެކް އަލިސްޓާއާއި މޮއިސެސް ކައިސޭޑޯ މި ސީޒަނަށްފަހު ބްރައިޓަން ދޫކޮށްލާނެކަން ވަރަށް ބޮޑަށް ސާފުވެފައިވާ ކަމަށް ކޯޗު ރޮބާޓޯ ޑެ ޒާބީ ބުނެފިއެވެ.
ބްރައިޓަންއަށް ނިމިގެން މިދިޔައީ ކާމިޔާބު ސީޒަނެކެވެ. ހާއްސަކޮށް ކޯޗު ޒާބީއަށް ގިނަ ބައެއްގެ ތައުރީފް އަމާޒުވެފައިވެއެވެ. ބްރައިޓަނުން ޔޫރޮޕާ ލީގުގެ ޖާގައަކާއެކު މި ސީޒަން ނިންމާލާފައިވާ އިރު، ކޯޗު ޒާބީގެ އިރުޝާދުގެ ދަށުން އެޓީމު މި ސީޒަނުގައި ވަނީ ޗެލްސީއާއި ލިވަޕޫލްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑް އަދި އާސެނަލް ފަދަ ވަރުގަދަ ޓީމުތައްވެސް ބަލިކޮށްފައެވެ.
މިއީ ބްރައިޓަންގެ 122 އަހަރުގެ ދިގު ތާރީހުގައި އެ ޓީމަށް ޔޫރަޕްގެ މުބާރާތަކުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.
ބްރައިޓަންގެ އެ ނަތީޖާތަކުގައި އެންމެ މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރިންގެ ތެރޭގައި މެކް އަލިސްޓާއާއި ކައިސޭޑޯ ހިމެނިފައިވާ އިރު، ރޭ ލީގުގެ ފަހު މެޗަށްފަހު ޒާބީ ބުނީ އެ ކުޅުންތެރިން އިތުރު ހަރުފަތަކަށް ދިޔުމަކީ ގޯހެއް ނޫން ކަމަށާއި، ބްރައިޓަންގެ އުސޫލަކީ އެއީ ކަމަށެވެ.
"އަހަންނަށް ހީވަނީ ނިމިގެން މިދިޔައީ ބްރައިޓަންގެ ޖާޒީގައި އެލެކްސިސްއާއި މޮއިސެސްގެ ފަހު މެޗުހެން. އަހަންނަށް މައާފުކުރުން އެދެން. އެއީ މުހިއްމު، މޮޅު ދެ ކުޅުންތެރިން،" ޒާބީ ބުންޏެވެ.
"ބަރިޓަންގެ ޕޮލިސީއަކީ މިއީ. އަހަންނަށް ހީވަނީ މިއީ އެދެކުޅުންތެރިންވެސް ކްލަބު ދޫކޮށްލަން އެންމެ ރަނގަޅުވެސް ވަގުތުހެން. އެ ދެކުޅުންތެރިންނަށްވެސް ލިބޭ ހައްގެއް އެއީ ރަނގަޅު ލެވެލްއެއްގައި ކުޅުން. ބޮޑެތި ކްލަބުތަކުގައި ކުޅުން،" ޒާބީ އިތުރަށް ބުންޏެވެ.
އުމުރުން 24 އަހަރުގެ މެކް އަލިސްޓާ އަކީ މިހާރުވެސް ދުނިޔޭގެ ބޮޑެތި ކްލަބުތަކުން އެންމެ ބޮޑަށް ލޯ އަޅާ އެއް ކުޅުންތެރިޔާއެވެ. އޭނާ ހޯދަން ލިވަޕޫލުންވެސް މަސައްކަތްތަކެއް ކުރަމުން އަންނައިރު، ޕާސަނަލް ޓާމްސްއަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށްވެސް ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ. އޭގެ އިތުރުން އުމުރުން 21 އަހަރުގެ ކައިސޭޑޯ ހޯދަން އާސެނަލުން މަސައްކަތް ކުރަމުން އަންނަ އިރު، 70 މިލިއަން ޕައުންޑުގެ ބިޑެއް ކުރަން ތައްޔާރުވެފައިވާ ކަމަށްވެސް ނޫސްތައް ބުނެއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު