ރާއްޖެއިން ބޭރުން މީހުން ގެނެސްގެން ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ބަންގުލަދޭޝްގެ މީހަކު ހައްޔަރުކޮށްފިއެވެ.
އުމުރުން 33 އަހަރުގެ އެމްޑީ ފައިޖުލް އިސްލާމް ކިރާ ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ވިލިމާލޭގައި ދިރިއުޅޭ މި މީހާ ހައްޔަރުކުރުމަށްފަހު، މައްސަލައިގެ ތަހުގީގަށް އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓަަށް ގެންދިއުމުން، އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ވަނީ ޖަހައިފައެވެ.
މި މައްސަލައިގައި ފުލުހުން ކްރިމިނަލް ކޯޓުގައި ބުނެފައިވަނީ، ފައިޖުލް އިސްލާމަކީ ރާއްޖެއިން ބޭރުން މީހުން ގެނެސްގެން ހަށިވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދާ މީހެއް ކަމަށެވެ. އަދި އޭނާއަކީ އެ ނެޓްވޯކުގެ އިސް ފަރާތް ކަމަށް ވެސް ފުލުހުން ތުހުމަތު ކުރިއެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން، އެ މައްސަލައިގައި އޭނާގެ މައްޗަށް ކޮންމެވެސް މިންވަރަކަށް ތުހުމަތުތަކެއް އުފެދޭ ވަރަށް ފުލުހުން ވަނީ ކޯޓަށް ހެކި ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު