އެމްޓީސީސީގެ ބަހެއްގެ ތެރޭ ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ގެންގުޅުނު އިންޑިއާ ތިން މީހަކު، ހައްޔަރުކޮށްފި އެވެ.

ބަނގުރާފުޅިތަކަކާއެކު ހައްޔަރުކުރީ 30 އަހަރުގެ މީހަކާއި 35 އަހަރުގެ މީހެއްގެ އިތުރުން 28 އަހަރުގެ މީހެކެވެ. އޭގެ ތެރެއިން 30 އަހަރުގެ މީހާއާއި 35 އަހަރުގެ މީހާއަކީ މޯލްޑިވް ގޭސްގެ މުވައްޒަފުންނެވެ.

އެ ތިން މީހުން ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން އޭގެ ތެރެއިން 30 އަހަރުގެ މީހާއާއި 38 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް، ދެން ހުރި މީހާގެ ބަންދަށް ފަސް ދުވަސް ކޯޓުން ވަނީ ޖަހައިފައެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި އެ މީހުން އަތުން ޖުމްލަ 23 ފުޅި ބަނގުރާ ފެނިފައިވެއެވެ،