ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން މާދަމާ ހަވީރު ކޮންމެ ރަށެއްގައި އެމްޑީޕީގެ ދިދަ ނަގަން ނިންމައިފިއެވެ.
ދިދަ ނެގުމުގެ އިތުރުން މި ހަފުތާ ބަންދުގައި ޕާޓީގެ މަންދޫބުންނާއި މެންބަރުން އަތޮޅު ތެރޭގައި ދަތުރުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. އޭގެ ތެރޭގައި ދާއިރާތަކުގެ ރައީސުންނާއި މަޖިލިސް މެންބަރުން ހިމެނިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ، އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ، ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލުމަށް ހާހެއްހާ މެންބަރުން އަތޮޅުތަކުގައި ހަރަކާތްތެރިވާނެ ކަމަށެވެ.
އެގޮތުން މާލެއުން 400 އެއްހާ ބޭފުޅުން އަދި އަތޮޅުތެރެއިން 600 އެއްހާ ބޭފުޅުން އެ ހަރަކާތްތަކުގައި ބައިވެރިވާނެ ކަމަށް ވިދާޅުވިއެވެ.
"އެހެންވީމާ ކުރިއަށް މިއޮތް ތިން ދުވަހު އެމްޑީޕީގެ ހާހެއްހާ މެންބަރުން އެމްޑީޕީގެ މެނިފެސްޓޯއަށް ބޭނުންވާ މައުލޫމާތާއި މެންބަރުން އިތުރުކުރުމާއި އެހެނިހެން ހަރަކާތްތައް ކުރިއަށްގެންދާނެ" އިބުރޭ ވިދާޅުވިއެވެ.
އިބުރޭ ވިދާޅުވީ، މިހާރުވެސް 84 މެންބަރަކު އަތޮޅުތަކަށް ދިއުމަށް ފުރާފައިވާ ކަމަށާއި އެމްޑީޕީގެ މަޖިލިސް މެންބަރުންވެސް މިއަދުގެ ޖަލްސާ ނިމުމާއެކު އެ ބޭފުޅުންގެ ދާއިރާއަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ.
"މާދަމާއަކީ ހުކުރު ދުވަސް. ހުކުރު ދުވަހު އެމްޑީޕީގެ ދިދައެއް ނަގާނެ. ކޮންމެ ރަށެއްގައި ދިދައެއް ނެގުމާއި ހުރިހާ ރަށެއްގައި ޕޯސްޓާ އިވެންޓެއް ގެންދިއުން އޮންނާނެ. ދެން ޑޯޓުޑޯ" އިބުރޭ ވިދާޅުވިއެވެ.
އިބުރޭ އިތުރަށް ވިދާޅުވީ، އެ ދަތުރުގައި މެނިފެސްޓޯއަށް މައުލޫމާތު އެއްކުރުމުގެ އިތުރުން މެންބަރުން ދޮރުން ދޮރަށް ހިނގައި، ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތްތައްވެސް ކުރާނެ ކަމަށެވެ.