ފޭސްބުކް

ފޭސްބުކްގައި ގިނަ ބަޔަކަށް ލަނޑު ލިބޭ ބޮޑު މައްސަލައެއް!

އާދަމް ނަސީރު

ފޭސްބުކަކީ ދުނިޔޭގެ އެންމެ ގިނަ މީހުން އަދިވެސް ބޭނުންކުރާ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެވެ. މި ބޮޑު ޕްލެޓްފޯމްގެ އެޕްގައި މީހުން ހީވެސް ނުކުރާ ވަރުގެ އާދަޔާ ހިލާފު މައްސަލަތަކެއް (ބަގްތަކެއް) ހުރިކަން ހާމަވެއްޖެއެވެ. މި ފަހަރު ފޭސްބުކް އެޕްލިކޭޝަނަށް ދިމާވި މައްސަލައާ މެދު ގިނަ ޑިވެލޮޕަރުން ސުވާލު އުފައްދާ އެންމެ ބޮޑު ސަބަބަކީ މި މައްސަލަ (ބަގްސް)ގެ ބާވަތުންނެވެ. މި ފަހަރުގެ މައްސަލައާ ބެހޭގޮތުން ވާހަކަ ދައްކާ ބައެއް ޓެކް ޑިވްލޮޕަރުން ބުނާ ގޮތުގައި މީ މަޖަލަކަށް ހަދައި ހީލުމަށްވެސް ކަމުނުދާވަރުގެ ޖޯކެކެވެ.

އެ ގޮތުން ފޭސްބުކްގެ މި މައްސަލައިގައި ވާހަކަ ދެއްކި މަޝްހޫރު ބައެއް ޑިވެލޮޕަރުން ބުނާ ގޮތުން މިއީ ފޭސްބުކާ މެދު ފެތުރޭ އާދަޔާ ހިލާފު އަޑެކެވެ. އެކަމަކު ޓުވިޓަގައި މި މައްސަލަ ފާހަގަކުރި ގިނަމީހުން މި ބަގްގެ ވާހަކަ ދައްކަން ފަށާފައިވަނީ މިއީ ބޮޑު މަލާމާތެއްގެ ގޮތުގައެވެ. ސަބަބަކީ މިއީ ފޭސްބުކް ބޭނުން ކުރާ މީހުންނަށް ނޭނގި އެމީހުންގެ ނަމުގައި ފްރެންޑް ރިކުއެސްޓްތައް އޮޓޮމެޓިކުން ފޮނުވާ މައްސަލައަކަށް ވުމެވެ. ބައެއް ޑިވަލޮޕަރުންނަށް މިކަން ވެފައިވަނީ ސީރިއަސް އަދި ޝައުގުވެރިކަމާއެކު ދަންކަން ޖެހޭ ވާހަކައަކަށެވެ.

މި ފުރެންޑު ރިކުއެސްޓްތަައް އޮޓަމެޓިކުން ފޮނުވަނީ ޕުރޮފައިލަކަށް މީހަކު ވަމުން ކަމަށާއި އެމީހާގެ ޕްރޮފައިލް ސިއްރުން ބެލިކަން ފަޅާ އެރުމަކީ ވަރަށް ލަދުވެތި ކަމެއްގެ ގޮތުގައި ވެސް މީހުން މިކަން ފާހަގަ ކުރެއެވެ. މި ގޮތަށް ދިމާވެފައިވަނީ ވިސްނައިލުމެއްނެތި އެހެން މީހުންގެ ޕުރޮފައިލް ހާވަން ތިއްބައި އޮޓަމެޓިކުން ފުރެންޑް ރިކްއެސްޓް ދިއުމުންނެވެ. އެ ރިކްއެސްޓްތައް ދިޔަކަން އެނގި އެ ރިކުއެސްޓްތައް ކެންސަލް ކުރެވުނަސް އެހެން މީހުންގެ ޕުރޮފައިލްތަކަށް ވަދެ ސިއްރުން ފޮޓޯތަކާއި ސްޓޭޓަސް ފަދަ މައުލޫމާތުތައް ހޯދާ މީހުން މިފަދަ ލަނޑެއް ލިބިދާނެ ކަމަށް ނުވެސް ވިސްނާނެ ކަމަށް ޑިވެލޮޕަރުން ބުނެފައިވެއެވެ.

މި މައްސަލާގައި އެކި މީހުން އެކިގޮތަށް ވާހަކަ ދައްކަމުން އަންނައިރު ފޭސްބުކަށް މިދިމާވި އާދަޔާ ހިލާފު ބަގް ސާބިތު ކުރުމަށް މަޝަހޫރު ޑިވެލޮޕަރު (ކްރެގްގެ) ވީޑިއޯއެއް އެބައޮތެވެ.

"މިއީ ހަގީގަތުގައި ކީއްވެ ދިމާވި ކަމެއްކަމެއް މިވަގުތު އަދި އަޅުގަނޑުމެނަކަށް ނޭނގެ. އެކަމަކު މި ބަގްގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ލަނޑު ލިބިފައިވާ ކަން އެނގޭ. ފޭސްބުކުން މި ހާލަތާ ބެހޭ ގޮތުން ކޮމެންޓެއް ނުކުރޭ. އެންޑުރޮއިޑް މޯބައިލް އެޕްގެ އެންމެފަހުގެ އަޕްޑޭޓުން މި މައްސަލަ ގިނަ ބަޔަކަށް ދިމާވަމުން އަންނަ ގޮތަށް ބަލާއިރު އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި މިއީ ފޭސްބުކް އެޕްލިކޭޝަނުގަ ހިމެނޭ ބަގެއް." ކްރެގް ގެ އިންޓަވިއުގައި ބުނެފައިވެއެވެ.

މި މައްސަލަ ފޭސްބުކުން މާ ލަސްތަކެއް ނުވެ ހައްލު ކުރާނެއެވެ. އެކަމަށް މާގިނަ ދުވަހެއް ނަގާނެ ކަމަކަށްވެސް ނުބެލެވެއެވެ. އެހެން ކަމުން މި މައްސަލައިގައި ވާހަކަ ދެއްކި މަޝަހޫރު ޑިވޮލަޕަރުން ލަފާދެނީ ފޭސްބުކްގެ ފުރެންޑް ލިސްޓުގައި ނެތް، ރައްޓެހިންގެ ގޮތުގައި ހިމެނިފައި ނުވާ، މީހުންގެ ޕްރޮފައިލަށް ޒިޔާރަތް ކުރުން މި ވަގުތަށް ހުއްޓާލުމަށެވެ. އެހެން ނޫނީ ހިތުން ނުފިލާވަރުގެ ލަނޑެއް ލިބިދާނެއެވެ.