ސޯޝަލް މީޑިއާއަށް ދެވި ހިފުމުގެ މައްސަލައިގައި ޒަކަބާގު ކޯޓަށް ހާޒިރުކޮށްފިއެވެ.

އެމެރިކާގެ ލޮސް އެންޖެލެސްގައި ހުންނަ ކޯޓަށް މެޓާގެ ވެރިޔާ މާކް ޒަކަބާގު ހާޒިރުކޮށްފައިވަނީ ފޭސްބުކް އާއި އިންސްޓަގްރާމް ފަދަ މެޓާގެ ޕްރޮޑަކްޓް ތަކުން އެ އެޕްތައް ބޭނުންކުރާ، ހާއްސަކޮށް ޒުވާން ފުރައިގެ ކުދީން އެއަށް ދެވި ހިފުވުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައެވެ.

41 އަހަރުގެ ޒަކަބާގުގެ މެޓާ އާއި ދެކޮޅަށް އެމެރިކާގެ ގިނަ އަދަދެއްގެ އާއިލާތަކުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން ކޯޓުގައި ކުރިޔަށްދާއިރު އެމައްސަލައިގައި މެޓާއަށް ބޮޑު އަދަބެއް ލިބޭނެކަމަށް ބެލެވޭކަމަށް އޮފިޝަލުން ބުނެއެވެ.

ކޯޓުން މައްސަލަ ބަލަމުން އަންނައިރު ޔޫޓިއުބާއި ގޫގުލްގެ މައްސަލަވެސް ކޯޓުގައި އެބަ އޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓިކްޓޮކް އާއި ސްނެޕްޗެޓްގެ މައްސަލަ ކޯޓުން ވަކިގޮތެއް ނިންމައި ބޭރުކޮށްފައިވާކަމަށް އޮފިޝަލުން ބުނެއެވެ. ނަމަވެސް މައްސަލަ ނިމުނު ގޮތުގެ އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.