މެޓާ ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޔުނިޓުން 600 މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ހަބަރުތައް ބުނެފިއެވެ. މިކަން ހާމަކޮށްފައިވަނީ މެޓާގެ އޭއައި ޗީފް އޮފިސަރު އެލެގްޒެންޑަރ ވަންގް ފޮނުއްވި މެމޯއެއްގައެވެ.
މިއީ، ކުންފުނީގެ ސީއީއޯ މާކް ޒަކަބަގް އެތައް ބިލިއަން ޑޮލަރެއް ހަރަދުކޮށް މި އަހަރުގެ ކުރީކޮޅު އާ މުވައްޒަފުން ހޯދި ފަހުން އައި ކަމަކަށްވާއިރު، މި ނިންމުމަށް މީސްމީޑިއާގައި ވަނީ ބޮޑު ނުރުހުމެއް އުފެދިފައެވެ.
ވަކިކުރެވުނު މުވައްޒަފުންނަކީ މެޓާގެ އޭއައި އިންފްރާސްޓްރަކްޗާ ޔުނިޓުތަކާއި، ފަންޑަމެންޓަލް އާޓިފިޝަލް އިންޓެލިޖެންސް ރިސާޗް ޔުނިޓް (ފެއާރް) އަދި އުފެއްދުންތަކާ ގުޅުންހުރި މަގާމުތަކުގައި މަސައްކަތްކުރި މުވައްޒަފުންނެވެ. ހަބަރުތަތައް ބުނާގޮތުގައި، މެޓާގެ އޭއައި ޑިވިޒަން "ބޮޑުވެފައިވާ" ޔުނިޓެއް ކަމަށް ބެލެވޭތީ، މި ވަކިކުރުންތަކަކީ ޑިޕާޓްމަންޓް ހަރުދަނާކޮށް، ވަންގްގެ މަގާމު ހިމާޔަތްކުރުމުގެ މަސައްކަތެއް ކަމަށް ބެލެވޭ ކަމަށް ހަބަރުތައް ބުނެއެވެ.
ނަމަވެސް، މި އަހަރުގެ ކުރީކޮޅު ގިނަ އަދަދަކަށް ހޯދި ހައި-ޕްރޮފައިލް އޭއައި މާހިރުންނަށް މި ވަކިކުރުންތަކުގެ އަސަރެއް ނުކުރެއެވެ. މީސްމީޑިއާގައި ވަނީ، އޭއައިގެ މަސައްކަތްތައް ވެސް ރައްކާތެރި ނޫން ކަމަށާއި، ދިގު މުއްދަތެއްގައި ކުންފުނީގައި މަސައްކަތްކުރި މުވައްޒަފުންނަށް މި ނިންމުން އަމާޒުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބުނެ، ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ