ދެކުނު އޭޝީއާގެ ފުޓްބޯޅަ އިދާރާ، ސައުތު އޭޝިއަން ފުޓްބޯލް ފެޑަރޭޝަން (ސާފް)ގެ ނައިބު ރައީސްގެ މަގާމަށް، އެފްއޭއެމްގެ ނައިބު ރައީސް އަލީ އުމަރު އިންތިހާބުކޮށްފިއެވެ.
ކުރީގެ ފުޓުބޯޅަ ތަރި، އަލީ އުމަރު މަގާމަށް އިންތިހާބުވީ އިއްޔެ ބަންގްލަދޭޝްގެ ޑާކާގެ އިންޓަކޮންޓިނެންޝިއަލް ހޮޓަލުގައި ބޭއްވި ސާފްގެ ކޮންގްރެސް ބައްދަލުވުމުގައެވެ. އޭނާ އިންތިހާބުވި މަގާމު ހަތަރު އަހަރު ދުވަހަށް ދެމިގެންދާނެއެވެ.
ޔޫތު ސްޕޯޓްސް ކްލަބުން 1996 ވަނަ އަހަރު ސީނިއާ ފުޓްބޯޅަ ކެރިއަރު ފެށި އަލީ އުމަރަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ފޯވަޑެވެ. މީގެ ކުރިންވެސް ސާފްގެ އެކްސްކޯގައި ރާއްޖެ ތަމްސީލު ކުރައްވާފައިވާ އަލީ އުމަރު ވަނީ އޭގެ ފަހުން ކްލަބު ވެލެންސިއާއާއި އައިލެންޑް އެފްސީ، ނިއު ރޭޑިއަންޓްގެ އިތުރުން ވީބީ ސްޕޯޓްސް ކްލަބަށްވެސް ކުޅެފައެވެ.
ގައުމީ ޓީމަށްވެސް 14 އަހަރު އަލީ އުމަރު ކުޅެފައިވާ އިރު، ފުޓްބޯޅަ ހިންގުމަށް ނުކުމެވަޑައިގެން އަހުމަދު ތޯރިގް (ޓޮމް)ގެ ދައުރުގައިވެސް އަލީ އުމަރު އެފްއޭއެމްގެ ނައިބު ރައީސްކަން ކުރެއްވިއެވެ. އަދި އޭގެ ފަހުން ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުންވެސް އަލީ އުމަރު ފެނިގެން ގޮސްފައިވެއެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް