އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ ގެ މއ. ބޯގަންވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ، މއ. ބޯގަންވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމުގެ ރިޕޯޓް ލިބުނީ ރޭ 23:30 ހާއިރު ކަމަށެވެ.
"ރޯވި ކޮޓަރި ވަނީ ހުރިހާ އެއްޗެއްސަކާއެކު ބޭނުންނުކުރެވޭ ވަރަށް އަނދާފައި" އެމްއެންޑީއެފުން ބުންޏެވެ.
ބޯގަންވިލާގައި މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) ދިރިއުޅުއްވައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު