ޚަބަރު

އިހަވަންދޫ ސްކޫލް މަލްޓި-ޕަރޕަސް ހޯލްގެ މަސައްކަތް ނިމެނީ

ހއ. އިހަވަންދޫ ސްކޫލްގެ މަލްޓި-ޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް މިހާރު ނިމުމަކާ ކައިރިވެފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ވޭރިއޭޝަނެއްގެ ގޮތުގައި އިތުރުކުރެވިފައިވާ އެ ސްކޫލްގެ އޭ ބްލޮކް އަދި ބީ ބްލޮކް އޯވާ ހެޑް ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ކަމަށެވެ.

އިހަވަންދޫ ސްކޫލްގެ މަލްޓި-ޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަޝްރޫއަކީ 7.75 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.