މ.ސަވާރީ ބޯޓު ހޯދުމަށް ހިންގާ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގެ ތެރެއިން މިބޯޓުން ދަތުރުކުރި 6 މީހުން ކަނޑުވެފައި ވަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކޮށްފިއެވެ.
އެމްއެންޑީއެފްއިން ދާދި ދެންމެ ބުނީ، މި ހަ މީހުން ފެނިފައި ވަނީ އެ ބޯޓު ފެނޭތޯ، ކޯސްޓްގާޑުން ހޯދަމުންދިޔަ ސަރަހައްދު ތެރެއިން އެމްއެންޑީއެފް ޑޯނިއާ އެއާކްރާފްޓަށް ކަމަށެވެ.
މި ހަ މީހުން މިހާރު ކޯސްޓްގާޑް ޝިޕް ޣާޒީއަށް ނަގާފައިވާއިރު އެންމެންގެ ހާލު ރަނގަޅު ކަމަށްވެސް ބުނެފައިވެއެވެ. އެމީހުން ދަތުރުކުރި ސަވާރީ ބޯޓް އަޑިއަށް ގޮސްފައިވާކަމަށް އެ ބޯޓުގެ ކެޕްޓަން މައުލޫމާތުދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރި ސަވާރީ ބޯޓުގެ ހަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 6:30 އެހާކަންހާއިރުއެވެ.
"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ބޯޓު މާލެއިން ފުރާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. މުދާ ބަރުކޮށްގެން ބޯޓު ދަތުރުކުރަމުން ދިޔައީ ވ. އަތޮޅަށެވެ.
މި ބޯޓު ގެއްލުނުކަމުގެ ހަބަރު ލިބުމާއެކު އެ ބޯޓު ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެމަގުން ކުރިއަށް ގެންދިޔައެވެ.
ޚަބަރު
ޚަބަރު
ޚަބަރު