މާލޭގެ މަގެއްގެ މަތީގައި ދުއްވަމުންދިޔަ ސައިކަލެއްގައި ރޯވެއްޖެއެވެ.

"ވަން" އަަށް އެނގިފައިވާ ގޮތުގައި ރޯވެފައިވަނީ ކަޅު ކުލައިގެ ސައިކަލެއްގައެވެ. އެ ސައިކަލުގައި ރޯވީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އުރީދޫ މޯލްޑިވްސް ކައިރިން ދުއްވާފައި ދަނިކޮށެވެ.

ސައިކަލުގައި ރޯވުމާއެކު ސައިކަލު ދުއްވަން އިން މީހާ ވަނީ ސައިކަލުން ފައިބައިފައެވެ.

އެނގިފައިވާ ގޮތުގައި ސައިކަލުގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވައިލައިފައެވެ. މި ހާދިސާގައި ސައިކަލަށް ބޮޑެތި ގެއްލުންތަކެއްވި ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. ސައިކަލުގައި ރޯވީ ކީއްވެގެން ކަމެއް ނޭނގެއެވެ.