ރ. ފުއްގުރި މައްސަލައިގައި އެ މަނިކުފާނާ ދެކޮޅަށް ދައުލަތުން ޝަފަހީ ހެކި ހުށަހަޅާފައިވަނީ އަބުރު ނަގާލުމަށް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި، އެ މައްސަލައިގެ ޝަރީއަތް ފެށުމުގެ އަޑުއެހުމުގައި، ވަކީލު ވިދާޅުވީ، ހައިކޯޓުން ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާ ގުޅޭގޮތުން ނިންމި ނިންމުން ތިން ނުކުތާއަކާއެކު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ. އަދި އެ ކޯޓުން އެ މައްސަލައިގައި ގޮތެއް ކަނޑައަޅަންދެން ދަށު ކޯޓުގައި މިހާރު ހިނގަމުން އަންނަ ޝަރީއަތް މަޑުޖައްސާލުމަށް އެދިފައިވެއެވެ.

އެކަމާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، އަލީ ނަދީމް ވިދާޅުވީ، ޝަރީއަތް މަޑުޖައްސާލަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ޔާމީންގެ ފަރާތުން ވަނީ އިފްތިތާހީ ބަޔާން ހުށަހަޅަން ތައްޔާރުނޫން ކަމަށް ބުނެފައެވެ.

މިއަދުގެ އަޑުއެހުމުގައި ޔާމީން ވަނީ، ދައުލަތުން އެމަނިކުފާނާ ދެކޮޅަށް ޝަފަހީ ހެކި ހުށަހަޅާފައިވަނީ އަނބުރު ނަގާލުމަށް ކަމަށާއި ފުލުހުން އެމަނިކުފާނު ފްރޭމް ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ޔާމީން މިހާރު ގެންދަވަނީ ވ. އާރަށުގެ މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.